ads
ރައީސް އަބްދުﷲ ޔާމީން--
ޔާމީންގެ އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް: ސްޕްރީމް ކޯޓު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒްކުރަން މިދިޔަ އަހަރު ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ކަމަށް ބުނެ އެވެ. އެގޮތުން އެ ފައިސާ ނުހިފަހައްޓައިފިނަމަ އެ ފައިސާ އިން މާލީ މަންފާއެއް ހޯދަފާނެ ކަމަށް ވެސް އެ އަމުރުގައި ބުނެ އެވެ. 

ކްރިމިނަލް ކޯޓުން ހުރިހާ އެކައުންޓެެއް ފްރީޒްކުރަން އަމުރު ނެރުމުން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި ހައިކޯޓުން ވަނީ ހުރިހާ އެކައުންޓެއް ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. ހައިކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިއިރު އެ މައްސަލައިގައި މިއަދު ސްޕްރީމް ކޯޓުން ވަނީ އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އަށް އެކައުންޓް ހިފަހައްޓަން އެދުނީ އެކްސްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅިގެން ނަމަވެސް އެ އަށް އެކައުންޓާ އެ މުއާމަލާތްތަކާ ގުޅުމެއް އޮތް ކަމަށް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ފަނޑިޔާރު ސުއޫދު ރިޔާސަތުގައި އިންނެވިއިރު ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމެވީ އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ތާއީދުކުރެވެން ނެތް ކަމަށާއި އެކައުންޓްތައް ދޫކޮށްލުމަށެވެ. 

އެ ހުކުމް އިއްވަމުން ފަނޑިޔާރު ސުއޫދު ވަނީ ދައުލަތަށް ނެގިދާނެ ކަމަށް ގަބޫލުކުރެވޭ ފަައިސާތަކެއް ހުރި އެކައުންޓެއް ފްރީޒްކުރަން އެދެވިދާނެ ކަމަށާއި އެކަމަކު ތުހުމަތުވާ ފައިސާއަށް ވުރެ ގިނަ ފައިސާ ދައުވާ ލިބޭ ފަރާތުގެ އެކައުންޓުގައި ހުއްޓަސް ފްރީޒްކުރަން އެދެވޭނީ ހަމައެކަނި ތުހުމަތުވާ ފައިސާއަށް ކަމަަށް ވިދާޅުވެފަ އެވެ. އަދި އެ ފައިސާއާ މެދު ތުހުމަތުވާނަމަ އެކަން ކޯޓަށް ލިޔުމުން ހުށަހަޅަން ޖެހޭއިރު ރައީސް ޔާމީންގެ މުޅި މިލްކިއްޔާތު ފްރީޒްކުރަން އެދިފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްގައި ފާހަގަކުރެ އެވެ.

އޭގެ އިތުރުން ސްޕްރީމް ކޯޓުގެ ހުކުމްގައި ބުނީ އެކްސްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެމަނިކުފާނުގެ މިލްކިއްޔާތުގައިވާ ހުރިހާ ފައިސާއަކާއި މެދު ޝައްކެއްވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ވެސް ފާހަގަނުކުރާ ކަމަށެވެ. 

ވޮޑަމުލާ ދޫކޮށްގެން ދައުލަަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމަށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ އަންނަނީ ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. 

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އިތުރު ދެ ދައުވާއެއްވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ވަނީ އުފުލާފައެވެ. އެއީ ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް