ads
ވީއައިއޭގެ ކެންޓީން-- ފޮޓޯ: އެމްއޭސީއެލް/ ޓްވިޓާ
ސާފުތާހިރުކަން ކުޑަވުމުން ވީއައިއޭގެ ކެންޓީނު ބަންދުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ކެންޓީނުގައި ސާފުތާހިރުކަން ކުޑަވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެތަން ބަންދުކޮށްފި އެވެ.

ވީއައިއޭގައި ހިންގާ އެއިރީ ކެފެޓީރިއާ ބަންދު ކުރުމުގެ ނޯޓިސް އެޗްޕީއޭ އިން ވަނީ އެތަނުގައި ހަރުކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާން ކުރާ ގަވާއިދާ އެތަނުން ހިލާފުވެފައިވާ ކަމަށެވެ. 

އެއާޕޯޓުގެ މުވައްޒަފުންނާއި އާއްމުން ވެސް ހިދުމަތް ހޯދާ އެ ކެންޓީނު ބަންދުކޮށްފައި ވާއިރު ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން ދަނީ ކެއުން ބުއިމުގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ގަވާއިދުން އިންސްޕެކްޓު ކުރަމުންނެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް