ads
އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
ޕެރޯލްގެ ދަށުން ނެެރޭ ގައިދީންނަށް ސްޓެލްކޯއިން ވަޒީފާ ދެނީ
އެކި ކުށްތަކަށް ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ޕެރޯލުގެ ދަށުން ދޫކުރާ މީހުންނަށް މީހުންނަށް ސްޓެލްކޯ އިން ވަޒީފާ ދޭން ނިންމައި، އެކަމުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ހޯމް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރެއްވިއިރު ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އެވެ. އަދި ކަރެކްޝަންސްގެ ފަރާތުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއި ކުރި އެ އެއްބަސްވުމުގެ ދަށުން ވަޒީފާދޭއިރު ބޮޑަށް އިސްކަންދޭނީ ޖަލުގައި އެކި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމުތައް ފުރިހަމަކޮށްފައިވާ ގައިދީނަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ކުށުގެ ވެއްޓަށް ހުށަހެޅޭ ޒުވާނުންގެ ސަބަބުން މުޖުތަމައުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާ ކަމަށާއި އާންމުކޮށް މީހުން ކުށަށް ހުށަހެޅެނީ އިގްތިސޯދީ ފުއްދުންތެރިކަން ނެތުމުން ކަމަށެވެ. 

އެހެންވެ ގައިދީން އަނބުރާ މުޖުތަމައަށް ނެރޭއިރު މަސައްކަތްތެރި ބަޔަކަށް ހަދައި އަމިއްލަ ފައިމައްޗަށް ތެދުވޭނެ މަގު ފަހިކޮށްދޭން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ވަނީ އެކުންފުންޏަކީ މަސައްކަތްތެރި ޒުވާނުންތަކެއް ހިދުމަތް ގައުމަށް ފޯރުކޮށްދީ މުހިއްމު ޒިންމާއެއް އަދާކުރާ ކުންފުންޏެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ ޕެރޯލުގެ ދަށުން އަނބުރާ މުޖުތަމައަށް ނިކުންނަ ފަރާތްތަކަށް ދެވެން ހުރި ފުރުސަތުތަކާއި އެއްބާރުލުން ދިނުމަކީ ހުރިހާ ދާއިރާތަކަކުން ވެސް ކޮށްދޭން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް