ads
ހުޅުމާލޭގައި ހުންނަ ފިޔަވަތި-- ފޮޓޯ: ސަން
ކުޑަކުދިންނަށް ދައުލަތުން އިހުމާލުވި މައްސަލަތައް ތަހުގީގުކުރަނީ
ކުޑަކުދިންނާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަހުގީގެއް ކުރަމުން އަންނަކަމަށް ކުޑަކުދިންގެ މައްސަލަތައް ބަލާއި، ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ ގާނޫނީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭކަން ވަޒަންކުރުމަށްޓަކައި ކަމާގުޅޭ ގާނޫނުތައް ރިވިއުކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށެވެ. 

އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮމިޝަނުން އެންމެ ފުރަތަމަ ކުޑަކުދިންގެ ހިޔާއަށް ކުރި ޒިޔާރަތުން ފާހަގަކުރެވުނު ކަންކަމާއި، ކުޑަކުދިންގެ ހިޔާގައި އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް 26 މާޗް 2020 ގައި ޕްރެލިމިނަރީ ރިޕޯޓެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެވިފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކޮންމެޑޭޝަންތައް ތަންފީޒުކުރުމަށްޓަކައި ޖެންޑާ މިނިސްޓްރީން ޕްލޭނެއް އެކުލަވާލައި، އެ ޕްލޭންއާއެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އޭގެ އިތުރުން އޭގައި ބުނީ މާޗު 12 އާއި އަށެއް އޭޕްރީލްގައި ދޫނިދޫ އަދި އަތޮޅުވެހި ކަސްޓޯޑިއަލްއަށާއި، މާޗު 16 ގައި އައްސޭރި ޖަލަށް އެ ކޮމިޝަނުން ކުރި ޒިޔާރަތާއި، އަދި 14 އެޕްރީލްގައި ފިޔަވަތި މަރުކަޒަށް ކޮމިޝަނުން ކުރި ޒިޔާރަތުގައި، އެ މަރުކަޒުތަކުގެ ސާފުތާހިރުކަމާއި، ތަނުގެ ރައްކާތެރިކަމާއި، އެތަންތަނުގައި ތިބޭ ކުދިންނަށް ލިބޭ ހިދުމަތްތަކާއި، އެތަންތަނުގައި ހުރި ލައިފް/ހެލްތު ރިސްކުތަކާއި، އެ މަރުކަޒުތަކުގައި ކުދިންނާމެދު އަމަލު ކުރެވެމުންދާ އުސޫލުތަކާމެދު މައުލޫމާތު އެއްކޮށް، އެ މަރުކަޒުތަކުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ކަމަށެވެ. 

އެ ކަންކަމާއި ގުޅިގެން އެ މަރުކަޒުތަކުގައި މިހާރުން މިހާރަށް އިސްލާހުކުރަންޖެހޭ ކަންކަމާއި، އެކަންކަން އިސްލާހުކުރުމަށްޓަކައި ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ބަޔާންކޮށް، ކޮމިޝަނުން ތައްޔާރުކޮށްފައިވާ ހަތަރު ޕްރިލިމިނަރީ ރިޕޯޓް ޖޫން 23 އާއި 23 ޖުލައިގައި ވަނީ ރައީސްއާ ވަނީ ހިއްސާކުރައްވާފަ އެވެ. 

އެ ނޫސްބަޔާނުގައި ބުނީ ކުދިންނަށް ލިބެމުންދާ ހިދުމަތްތަކާއި، އެތަންތާނގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާއި، އެ މަރުކަޒުތަކުގެ ގާލަތާގުޅޭގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ވެސް ރައީސްއާ ހިއްސާކުރައްވާފައިވާ ކަމަށެވެ. 

އޭގެ އިތުރުން 14 ސެޕްޓެމްބަރުގައި ފިޔަވަތި މަރުކަޒާއި ދޫނިދޫ ކަސްޓޯޑިއަލްއާއި، އަތޮޅުވެހި ކަސްޓޯޑިއަލްއާއި އައްސޭރި ޖަލާގުޅޭ ޕްރެލިމިނަރީ ރިޕޯޓުތައް އެ ކޮމިޝަނުގެ ފަރާތުން ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ފޮނުވާފައިވާނެ ކަމަށެވެ. އެގޮތުން އެ ޕްރިލިމިނަރީ ރިޕޯޓުތަކުގައި ފިޔަވަތި މަރުކަޒުގައި އިސްލާހުކުރަންޖެހޭކަންކަން ބަޔާންކޮށް 15 ރިކޮމެންޑޭޝަން، ދޫނިދޫ ކަސްޓޯޑިއަލްއާއި އަތޮޅުވެހި ކަސްޓޯޑިއަލްގައި އިސްލާހުކުރަންޖެހޭ ކަންކަން ބަޔާންކޮށް 11 ރިކޮމެންޑޭޝަން، އަދި އައްސޭރި ޖަލުގައި އިސްލާހުކުރަންޖެހޭ ކަންކަން ބަޔާންކޮށް 13 ރިކޮމެންޑޭޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. 

އޭގެ އިތުރުން އެ ނޫސް ބަޔާންގައި ބުނީ ގާނޫނީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭކަން ވަޒަންކުރުމަށްޓަކައި ކަމާގުޅޭ ގާނޫނުތައް ރިވިއުކުރުމުގެ މަސައްކަތާއި، ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަހުގީގުގެ މަސައްކަތްތައް އެ ކޮމިޝަނުން ދަނީ ކުރަމުން ކަމަށެވެ. 

އަދި ކޮވިޑް-19 ޕެންޑެމިކްގެ ހާލަތާ ގުޅިގެން އެ ކޮމިޝަނުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދިޔުމަށް ހުރަސްތަކެއް ކުރިމަތިވިނަމަވެސް، އެ ކޮމިޝަނުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކޮށް، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތަކާއި، ކުޑަކުދިންނަށް ހިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާތަކުގައި ރަނގަޅުކުރަން ޖެހޭ ކަންކަން ދެނެގަނެ، އެކަންކަން އިސްލާހުކުރެވޭނެ ގޮތްތައް ހުށަހަޅައި، ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒުކުރުމަށް ބާރުއެޅުންކަމަށް ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް