ads
ލ. ގަން-- ތޮއްޓޭ ފޮޓޯގްރާފީ--
18 ރަށެއްގައި ކޮވިޑް ޖެހިފައިވާ 146 މީހެއް
ރާއްޖޭގެ 18 ރަށެއްގައި ކޮވިޑް ޖެހިފައިވާ 146 މީހަކު އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގެ 18 ރަށެއްގައި ކޮވިިޑް ޖެހިފައިވާ 82 ދިވެހިން ތިބިއިރު ބަލި ޖެހިފައިވާ 64 ބިދޭސީން ތިބި ކަމަށެވެ. 

އެގޮތުން ހއ. ހޯރަފުށީގައި ކޮވިޑް ޖެހިފައިވާ ހަތަރު މީހަކު ތިބިއިރު ހއ. ދިއްދޫގައި ވެސް ބަލި ޖެހިފައިވާ ހަތަރު މީހަކު އެބަ ތިއްބެވެ. އަދި ހއ. ކެލާގައި ބަލި ޖެހިފައިވާ އެކަކު ހުރިިއިރު ހދ. ކުޅުދުއްފުށީގައި ކޮވިޑް ޖެހިފައިވާ ނުވަ މީހަކު އެބަތިއްބެވެ. 

އޭގެ އިތުރުން ހދ. ކުރިނބީން ކޮވިޑް ޖެހިފައިވާ އެކަކު ހުރިއިރު ށ. ފޯކައިދޫ އާއި ރ. އުނގޫފާރު އަދި ބ. އޭދަފުއްޓާއި ކ. ދިއްފުށީ އަދި ކ. ގުރައިދޫ އާއި އއ. ތޮއްޑޫ އަދި ފ. ނިލަންދޫ އަދި ތ. ވޭމަންޑޫ އާއި މަޑިފުށި އަދި ގދ. ތިނަދޫ އިން ވަނީ އެކަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މާމިނގިލިން ދެ މީހަކު ޕޮޒިޓިވްވެފައިވާއިރު ކައްދޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 59 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް