ads
ފޮޓޯ: ޑީޖޭއޭ
މަރުކަޒީކޮށް ކުށުގެ ރިކޯޑް ބަލަހައްޓާނީ ޑީޖޭއޭއިން ކަމަށް ކަނޑައަޅައިފި
މަރުކަޒީކޮށް ކުށުގެ ރިކޯޑް ބަލަހައްޓާނެ އިދާރާއަކީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ކަނޑައަޅުއްވައިފި އެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިރީސް ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް ބަންޑާރަނައިބު ކަނޑައަޅަންވާނެ ކަމުގައި، އެ ޤާނޫނުގެ 187 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ އިދާރާއަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމުގައި އޭޖީ އިބްރާހީމް ރިފްއަތު މިއަދު ކަނޑައަޅުއްވާފައިވާ ކަމަށް އޭޖީ އޮފީހުން މައުލޫމާތު ދީފައިވެ އެވެ. 

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާ އެފަދައިން ކަނޑައެޅުމާއިއެކު، ހަ މަސް ދުވަހުގެ ތެރޭގައި މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް، ޑީޖޭއޭއިން ގާއިމުކުރަން ޖެހޭނެ އެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ މިފަދަ އިދާރާއެއް ކަނޑައެޅިގެންދިޔުމަކީ، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކަމާއެކު ހިންގުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް