ads
ހިމާންޝް އާއި ނެހާ، އަދި ނެހާ އާއި ރޯހަންޕްރީތު--
ނެހާ ކައްކަރުގެ ކައިވެނި އޮކްޓޫބަރު 24 ގައި؟
ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ނެހާ ކައްކަރު މިމަހުގެ 24 ގައި ކައިވެނިކުރަން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދިއްލީގައި ނެހާ ކައިވެނިކުރަން ހަމަޖެހިފައިވާއިރު އޭނާ ކައިވެނިކުރަނީ ލަވަކިޔުންތެރިއެއްކަމަށްވާ ރޯހަން ޕްރީތުއާ ކަމަށް ބުނެ އެވެ. އެކަން ރަސްމީކޮށް އިއުލާންނުކުރިޔަސް ދެމީހުން އެކީގައި ނަގާފައިވާ ފޮޓޯތައް ދައުރުވެ އެމީހުން ކައިވެންޏަށް ތައްޔާރުވާކަމުގެ އަޑުތައް ވެސް ދަނީ ފެތުރެމުންނެވެ. 

އެދެމީހުން ރައްޓެހިވެގެން އުޅޭކަމުގެ އަޑުއެރީ ޗައްލާ ނަމަކަށް ކިޔާ ލަވައެއްގެ ވީޑިއޯކޮޅެއް އިންސްޓްގާމަށް ހިއްސާކުރުމާއެކު އެވެ. އެގޮތުން ރޯހަން އެ ހިއްސާކޮށް ކެޕްޝަނުގައި ލިޔެފައިވާ ލިޔުމުން ވެސް އެމީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަކަން ދޭހަވާ ކަމަށް ބުނެ އެވެ. 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުން ރައްޓެހިވީ މި ލޮކްޑައުންގެ ތެރޭގަ އެވެ. އަދި ރައްޓެހިވެގެން މާގިނަ ދުވަހު އުޅެން ބޭނުންނުވާތީ ކައިވެނިކުރަން ނިންމީ އެވެ.

ނެހާ މީހަކާއި ކައިވެނިކުރަން ނިންމިއިރު އޭނާ ރޯހަންއާ ރައްޓެހިވުމުގެ ކުރިން އުޅުނީ އެކްޓަރު ހިމާންޝް ކޯލީއާ ރައްޓެހިވެގެންނެވެ. 

ބޮލީވުޑުގެ ކާމިޔާބު ލަވަކިޔުންތެރިޔާ ނެހާ ކައްކަރާއި އެކްޓަރު ހިމާންޝް ކޯލީގެ ލޯބީގެ ގުޅުމަކީ 2018 ވަނަ އަހަރުގެ ތެރޭގައި ފާހަގަކޮށްލެވުނު ގުޅުމެކެވެ. ދެ ތަރިން ވަރަށް ލޯބިން ގުޅިގެން އުޅުމަށް ފަހު ދުވަސްކޮޅެއް ފަހުން ފެނިގެން ދިޔައީ ވަކިވި މަންޒަރެވެ.

އޭގެ ފަހުން ނެހާގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު ކަމެކެވެ. ހިމާންޝްއަކީ ކާކުކަން ނޭނގޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ވަރަށް ހިތާމަވެރި ޕޯސްޓްތައް ކުރި އެވެ. މިހާރު އެހެން މީހަކާއި އޭނާ ކައިވެނިކުރަން އުޅޭއިރު ބެލެވެނީ އެ ހިތްދަތި ހަނދާންތައް ފޮހެލާ ކުރިއަށް ދިއުމަށް ނެހާ ނިންމީ ކަމަށެވެ.

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.

33%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް