ads
ގެސްޓްހައުސްއެއް--
އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި 5.2 މިލިއަން ރުފިޔާ
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ލިބިފައިވާއިރު އެ އަދަދަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާ ބަލާއި، 92.7 އިންސައްތައިގެ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ވަނީ 72 މިލިއަން ރުފިޔާ ލިބިފަ އެވެ. 

އޮގަސްޓް މަހުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ ރިސޯޓުތަކުންނެވެ. އެގޮތުން ރިސޯޓުތަކުން ލިބުނު އާމްދަނީ 4.3 މިލިއަން ރުފިޔާގައި އުޅޭއިރު ހޮޓާތަކުން ލިބުނު ޖުމްލަ އާމްދަނީ އުޅެނީ 161،012.34 ރުފިޔާގަ އެވެ. 

އަދި މިދިޔަ މަހުގެ ތެރޭގައި ގެސްޓްހައުސްތަކުން ވަނީ 619،475.87 ރުފިޔާ ދައުލަތަށް ލިބިފަ އެވެ. ރާއްޖޭގެ ގެސްޓްހައުސްތައް މިމަހުގެ 15 ވަނަ ދުވަހު ހުޅުވަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. 

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ގްރީންޓެކްސްގެ ގޮތުގައި ވަކިވަކި އަތޮޅުތަކުން އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބުނީ މާލެ އަތޮޅުންނެވެ. އެގޮތުން މާލެ އަތޮޅުން ވަނީ 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ. ދެން އެންމެ ގިނަ އާމްދަނީއެއް ލިބުނީ ރ. އަތޮޅުންނެވެ. އެ އަތޮޅުން ވަނީ ގްރީން ޓެކްސްގެ ގޮތުގައި 728,643.31 ލިބިފަ އެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް މިދިޔަ މަހު ލިބިފައި ވަނީ އދ. އަތޮޅުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެފައިވާއިރު މިދިޔަ މަހުގެ ގްރީން ޓެކްސްއަށް ބަލާއިރު ބައެއް އަތޮޅުތަކުން ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް އާމްދަނީއެއް ނުލިބި ވެސް ވެ އެވެ. އޭގެ ތެރޭގައި ހއ. އާއި ހދ. އަތޮޅު ހިމެނޭއިރު ށ. އަތޮޅުގެ ވެސް ހޮޓާތަކާއި ރިސޯޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައެއް ނުވެ އެވެ. އަދި ތ. އަތޮޅާއި ލ. އަތޮޅު އިތުރުން ގދ. އަތޮޅުން ވެސް ގްރީން ޓެކްސްގެ ގޮތުގައި އާމްދަނީއެއް ލިބިފައެއް ނުވެ އެވެ. 

ކޮވިިޑް-19 ގެ ސަބަބުން މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މަހުން މަހަށް މަދު މަދުން ފަތުރުވެރިން އަންނަ ނިސްބަތް އިތުރުވަމުން އަންނައިރު ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެއްލައްކަ ވިހިި ހާސް ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް