ads
އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް.. ފޮޓޯ: އެފްއޭއެމް
ޑިސެމްބަރު މަހު ފުޓުބޯޅަ ލީގު ފެށޭކަމުގެ އުންމީދު އެބައޮތް: ހުސައިން ޖަވާޒް
ޑިސެމްބަރު މަހު ދިވެހި ޕްރިމިއާ ލީގު ފެށޭކަމުގެ އުންމީދު އެބައޮތްކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް ވިދާޅުވެއްޖެއެވެ.

ސީއެންއެމްއަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް ވިދާޅުވީ، ފުޓުބޯޅަ ސީޒަން ފެށުމަށް އެފްއޭއެމްއިން އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް ކަންކަން ކުރިއަށްދާކަމަށާއި، މިއަހަރުގެ ޑިސެމްބަރު މަހު ދިވެހި ޕްރިމިއާ ލީގު ފެށޭކަމުގެ އުންމީދު ވަރަށް ބޮޑުކަމަށެވެ. އެގޮތުން، ޔޫތު މިނިސްޓްރީ އާއި އެޗްޕީއޭއާއި ގުޅިގެން ލީގުފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަށް ކުރިއަށްދާކަމަށް ޖަވާޒް ވިދާޅުވިއެވެ. 

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ކުޅިވަރުކުޅުން މަނާކުރުމާއެކު ގައުމީ ކުޅިވަރު ހުރިހާ އެސޯސިއޭޝަންގެ މުބާރާތްތަކެއް އޮތީ ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް މިހާރު އެފްއޭއެމްއިން ޔޫތު މިނިސްޓްރީ އާއި އެޗްޕީއޭއާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބަށް ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމުގެ ހުއްދަ ވަނީ ލިބިފައެވެ. 

ޖަވާޒް ވިދާޅުވީ، ހުއްދަ ލިބުމާއިއެކު ކުލަބުތަކުން ފަރިތަކުރުންތަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިހާރު ފަރިތަކުރުންތަށް ފެށޭނެކަމުގެ ޔަކީންކަން ދީފައިވާކަމަށެވެ. އަދި އެހެން ކުލަބުތަކުން މިމަހުގެ މެދުތެރޭގައި ފަރިތަކުރުންތަށް ފަށާނެކަމަށް ޖަވާޒް ވިދާޅުވިއެވެ. އަދި ކުލަބުތަކުގެ ފަރިތަކުރުންތަށް ކުރިއަށްގެންދިއުމަށް ގައިޑްލައިނެއް އެކުލަވާލައި، ފަރިތަކުރުންތަށް ކުރިއަށްގެންދާގޮތް އެފްއޭއެމުން ގާތުން މޮނީޓާ ކުރަމުންދާނެކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ. ޖަވާޒް ވިދާޅުވީ ކުލަބުތަކަށް ފަރިތަކުރުންތަށް ކުރިއަށްދެންދަން ހުއްދަ ދީފައިވާނީ 30 ކުޅުންތެރިންނާއި 10 އޮފިޝަލުންނަށް ކަމަށެވެ. 

your imageއެފްއޭއެމްއިން ޔޫތު މިނިސްޓްރީ އާއި، އެޗްޕީއޭއާއި، ފުލުހުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: އެފްއޭއެމް 

މީގެއިތުރުން ޖަވާޒް ވިދާޅުވީ، ލީގުގެ ކުޅުން ފެށުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުންވެސް ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރަތަށް ކުރިއަށްދާ ކަމަށާއި، އެގޮތުން މިހާރު، ޔޫތު މިނިސްޓްރީ އާއި، އެޗްޕީއޭއާއި، ފުލުހުންނާއި އެކު އެއް ޕްލެޓްފޯމެއްގެ ދަށައް އައިސް މަޝްވަރާކުރެވިފައިވާކަމަށެވެ. އެގޮތުން ލީގުގެ ކުޅުން ކުރިއަށްގެންދަން މިހާރު ހަމަޖައްސާފައިވަނީ، ސަޕޯޓަރުން ނުވައްދައި މެޗުތަށް ކުރިއަށްގެންދާ ގޮތަށް ކަމަށް ޖަވާޒް ވިދާޅުވިއެވެ. 

އެފްއޭއެމްގެ އިތުރުން ބައެއް އެހެން ކުޅިވަރު އެސޯސިއޭޝަންތަކުންވެސް މުބާރާތްތަށް ފެށުމަށް މަސައްކަތް ކުރަމުންދާއިރު، ދާދިފަހުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވަނީ، އާންކު ކުޅިވަރުތަށް ކުޅުމުގެ ހުއްދަ ދެވޭނީ ޕޮސިޓިވް ކޭސްތަކުގެ އަދަދަށް ބެލުމަށްފަހުގައި ކަމަށް ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް