ads
އާޒިމާ ޝުކޫރު-- ފޮޓޯ: ރައީސް އޮފީސް
އާޒިމާގެ މައްސަލަ ކްރިމިނަލް ކޯޓުގައި އާދީއްތަ ދުވަހަށް ތާވަލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިނިސްޓާ އޮފް ލީގަލް އެފެއާޒްގެ މަގާމުގައި ހުރި އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

އާޒިމާގެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 01:30 އަށެވެ. 

އާޒިމާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެ ދެ ދައުވާއަކީ ރަސްމީ އިދާރާއަކަށް ދޮގުމައުލުމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންއަށް މަގުފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ. އާޒިމާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ. 

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެމަނިކުފާނާ އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދިންކަމަށް ބުނާ މައްސަލައިގަ އެވެ. މީގެ އިތުރުން މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކޮށްފައިވަނީ އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ޖަމާކޮށް ބީއެމްއެލްއިން ވަކި ގޮތަކަށް ލިޔުން ހޯއްދައި، އެ ލިޔުން ބޭނުންކޮށްގެން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގަ އެވެ.

މިމައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ނިމުނު ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެދުވަހު ތާވަލު ކުރި އަޑުއެހުން ކުރިއަށް ނުގެންދެވި ނިންމާލީ އެދުވަހުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް އާޒިމާ އުޒުރުވެރި ވުމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް