ads
ބްރެޑް ޕިޓް--
ބްރެޑް ޕިޓްގެ އަތުން 100،000 ޑޮލަރު ހޯދަން އަންހެނަކު ކޯޓަށް
ބްރެޑް ޕިޓް އަދި ކުރީގެ އަންހެނުން އެންޖެލީނާ ޖޯލީގެ ދަރިންގެ ކަސްޓޮޑީ ހޯދުމުގެ ބޮޑު މައްސަލައެއް ކޯޓުގައި ކުރިއަށް ދަނިކޮށް، ބްރެޑްގެ އަތުން 100،000 ޑޮލަރު ހޯދަން އަންހެނަކު ދައުވާކޮށްފި އެވެ.

ކުންފުންޏެއްގެ ސީއީއޯއެއްގެ މަގާމުގައި ހުރި ޓެކްސަސްގެ އެ އަންހެން މީހާ ބުނީ ޗެރިޓީ ޖަމިއްޔާއަކުން ބޭއްވި ފަސް އިވެންޓަކަށް ދިޔުމަށް އޭނާއަށް 40،000 ޑޮލަރު ދިން ކަމަށެވެ. 

އަދި އެ ދެ މީހުންގެ މެދުގައި ގުޅުމެއް އުފެދުނު ކަމަށާއި ކައިވެންޏާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށް އެ އަންހެން މީހާ ބުނެފައި ވެއެވެ. 

ފަސް އިވެންޓަށް ވެސް ފައިސާ ދީފައި ވާއިރު، ކޮންމެ ފަހަރަކު ވެސް އެންމެ ފަހު ވަގުތު ދެވެން ނެތް ކަމަށް ބްރެޑް ބުނި ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައި ވެއެވެ.

އެކަމާ ގުޅިގެން ބްރެޑްގެ ގާނޫނީ ޓީމުން ބުނީ އެ އަންހެން މީހާއަށް ލަނޑުދީފައި ވަނީ އޮންލައިން ގްރޫޕަކުން ކަމަށެވެ. އަދި އެ ގްރޫޕުން މީހުންގެ އަތުން ފައިސާ ހޯދަނީ ބްރެޑް އަށް ހެދިގެން ކަމަށް ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް