ads
ނައިބް ރައީސް ފައިސަލް ނަސީމް--
އަމިއްލަ ނަފްސާއި އަނެކުންނަށް އޯގާތެރިކޮށް ހިތުމަށް ނައިބް ރައީސް ގޮވާލައްވައިފި
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މި ދަތި އުނދަގޫ ހާލަތުގައި، އަމިއްލަ ނަފްސާއި އަނެކުންނަށް ހެޔޮކޮށް ހިތައި އޯގާތެރިވުމަށް ނައިބް ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ، ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓުގައެވެ. 

ނައިބް ރައީސް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ފުރަބަންދާ ހުރެ ވަރަށް ގިނަ މީހުންނަށް ނަފްސާނީ ގޮތުން އެތައް ނޭދެވޭ އަސަރުތަކެއް ކުރި ކަމަށެވެ. 

އަދި މި ހާލަތުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރަމުން އަންނައިރު، ތިމާ ލޯބިވާ މީހުންނަށްޓަކައި ތިބުމުގެ މުހިންމުކަން ނައިބް ރައީސް ފާހަގަ ކުރެއްވި އެވެ. 

ނައިބް ރައީސް ވަނީ، މި ހާލަތުގައި ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އަނެކުންނަށް އަޅާލައި އޯގާތެރިވުމަށް އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް