ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--
އުއްމީދީ ފައިދާއަށް ވާސިލުވުމުގެ ބިންގަލަކީ އެއްބައިވަންތަކަން: ޑރ. މައުސޫމް
ގެސްޓްހައުސްތައް އަލުން ހުޅުވާއިރު، އުއްމީދީ ފައިދާއަށް ވާސިލުވެވޭނީ އެއްބައިވަންތަކަމާއި ޒިންމާދާރުކަން އިސްކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ފުރަބަންދައްފަހު ގެސްޓު ހައުސްތައް އަލުން ހުޅުވާލަން ސަރުކާރުން ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. 

މިކަން ފާހަގަކުތައްވައި މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އުއްމީދީ ފައިދާއަށް ވާސިލުވުމުގެ ބިންގަލަކީ އެއްބައިވަންތަކަމާއި ޒިންމާދާރުކަން ކަމަށެވެ. އަދި އެންމެ އެކުގައި ފަތުރުވެރިކަން އިސްކޮށްގެން ކުރަމުން އަންނަ މަސައްކަތުން އިރާދަފުޅުކުރެެއްވިއްޔާ ކާމިޔާބު ލިބޭނެކަމަށް، ޑރ.މައުސޫމް ވިދާޅުވިއެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލިފަހުން، 22،000 ފަތުރުވެރިން މިހާތަނަށް ވަނީ ރާއްޖެ އައިސްފައެވެ. އަދި މިމަހުގެ 15 ވަނަ ދުވަހު ގެންޓްހައުސްތައް ހުޅުވާލުމާއިއެކު މިއަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް