ads
ޑރ. ޖަމީލް
ދިވެހިންނަށް ރަނގަޅީ ތަންނަން ތަރައްގީ ކުރިއަސް ބައެއްގެ ފައިބުޑަށް ނުވެއްޓުން: ޑރ. ޖަމީލް
ދިވެހިންނަށް ރަނގަޅީ ބައެއްގެ ފައިބުޑަށް ނުވެއްޓި ތަންތަން ތަރައްގީކުރުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް ވިދާޅުވީ ލައްކަ ދުވަހު އުޒުރު ދެއްކިއްޖެ ކަމަށާއި ދިވެހިންނަށް ދެ ފިކުރުގެ ތަފާތު ވިސްނިއްޖެ ކަމަށެވެ.

ވެރިކަން ލިބޭ ކޮންމެ ފަހަރަކު އުޅޭގޮތުން މިނިވަންކަން ގެއްލި ދަރަނި ބޮޑުވެ ދިރިއުޅުން ވޭނަކަށް ވާކަމަށް ޖަމީލް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވީ ދިވެހިންނަށް ރަނގަޅީ ބްރިޖް އަޅާ ތަރައްގީކޮށް ބައެއްގެ ފައިބުޑަށް ނުވެއްޓުން ކަމަށެވެ. 

އެހެންނަމަވެސް ވެރިކަމުގައި ތިބީ ކޮންމެ ގޮތެއް ވަރިހަމަ ބައެއްކަމަށާއި މި ވެރިކަން ނިމޭއިރު ދިވެހިންގެ ހާލަތު މިއިން ދުވަހަކުވެސް ދަށަށް ނުދާވަރަށް ދަށަށް ގޮސް އެތައް ބަޔަކު ހާލުގައި ޖެހޭނެކަމަށް ވިދާޅުވެ ޖަމީލް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

"ނަމަވެސް ވެރިކަމުގައި ތިބީ ކޮންމެ ގޮތެއް ވަރިހަމަ ބައެއް. މި ވެރިކަން ނިމޭއިރު ދިވެހިންގެ ހާލަތު މިއިން ދުވަހަުކުވެސް ދަށަށް ނުދާވަރަށް ދަށަށް ގޮސް، އެތަށް ބަޔަކު ހާލުގަ ޖެހޭނެ. އިންޝާﷲ ހާލަތު ބަދަލުކުރެވޭނެ. އެއީ ރައްޔިތުންގެ ބާރު. ވަކި ބަޔަކަށް ފަރުދަކަށް ވުރެ ގައުމު ބޮޑުވާނެ،" 
ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ ގުޅިލާމެހިފައިވާ ބަވަނަ ދުނިޔޭގައި ބައިނަލްއަގްވަމީގޮތުން ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެވެން އޮންނާނީ ގައުމުތަކުން ގުޅިގެން ކަމަށާއި އެ ބޭނުމުގައި ގައުމުތަކުން އެހެން ގައުމުތަކުގެ ސިފައިން ވެސް ތިބޭނެކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަަމަށް އިޝާރާތްކުރައްވަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް