ads
ރ. ވާދޫ--
ރ. ވާދޫ އިން ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ރ. ވާދޫ އިން ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ ރަށު ސިއްހީ މަރުކަޒުގެ ބޭފުޅަކު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ހަތަރު މީހަކު ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަކުރުމަށް ފަހު ނެގި ސާމްޕަލުންނެވެ. 

އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ދެ ކުއްޖަކާއި 18 އަހަރުން މަތީގެ ދެ މީހުން ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން ވިދާޅުވީ އެމީހުން ކަރަންޓީނުގެ މުއްދަތުގައި އިތުރު އެހެން ބަޔަކާއި ކޮންޓެކްޓްވެފައި ނުވާ ކަމަށެވެ.

ވާދޫ އިން ހަތަރު މީހުން ޕޮޒިޓިވްވިއިރު މިއީ އެރަށުން ކޮވިޑްގެ ކޭސްތަކެއް ފެނުން ފުރަތަމަ ފަހަރެވެ. 

އަތޮޅު ތެރޭގެ ކޮވިޑްގެ ކޭސްތަކަށް ބަލާއިރު މިހާރު ރާއްޖޭގެ 21 ރަށެއްގައި ކޮވިޑް ޖެހިފައިވާ 147 މީހަކު އެބަތިއްބެވެ. އޭގެ ތެރޭގައި 83 ދިވެހިން ހިމެނޭއިރު ބާކީ 64 މީހުންނަކީ ބިދޭސީންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް