ads
ޅ. އޮޅުވެލިފުށީގައި ސޯލާ ޕީވީ ގާއިމްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދަނީ--ފޮޓޯ:ޓްވިޓާ
ސޯލާ ޕީވީ އާ އެކު އަހަރަކު 47.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ފެނަކަ
ސޯލާ ޕީވީ މަޝްރޫއުއާއިއެކު އަހަރަކު 47.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

12 މެގަވޮޓްގެ ސޯލާ ޕީވީ ޕްރޮޖެކްޓަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް އެ ކޯޕަރޭޝަންއިން ފަށާފައިވާ މަޝްރޫއެކެވެ.

ފެނަކައިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ޅ. އޮޅުވެލިފުށީގައި ސޯލާ ޕީވީ ގާއިމްކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އެ މަޝްރުއު ނިމުމުން ތެލުގެ ހަރަދުން އަހަރަކު 47.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށާއި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރުވެސް އަހަރަކު 16.5 ޓަން މަދުވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަން އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. 

އެގޮތުން ހދ. އަތޮޅުން ފެށިގެން ގދ އަތޮޅަށް ޖުމްލަ 51 މަޝްރޫއެއް މިހާރު އެކުންފުނިން ކުރިއަށް ގެންދެ އެވެ. އެ މަޝްރޫއުތަކުގެ ތެރެއިން 19 އަށްވުރެ ގިނަ މަޝްރޫއެއްގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު އެ މަޝްރޫއު ތަކުގެ ތެރޭގައި ހިމެނެނީ އިންޖީނުގެތައް ހުރިތަން ބަދަލު ކުރުމާއި، އޮފީސް އިމާރާތްތައް އެޅުމާއި އޮފީސް އިމާރާތްތަކުގެ ވަށާފާރު ލުމުގެ މަސައްކަތްތަކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް