ads
މަރަދޫ ދާއިިރާގެ މެމްބަރުު އިބްރާހިމް ޝަރީފް---
ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވާން ޖެހޭ: އިބްރާހިމް ޝަރީފް
ޗައިނާގައި ދަތުރުފަތުރު ކުރަން ހުއްދަ ދޭން ވާއިރަށް ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ރާއްޖެއިން ތައްޔާރުވާން ޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޗައިނާއަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު ބައެއް ހިއްސާކުރާ ގައުމެއްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ ބޮޑުބައެއް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނައިރު، ޗައިނާ ފަތުރުވެރިންގެ ފަރާތުން ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް އެހީވެވިދާނެ ކަމަށެވެ. އެހެންކަމުން ޗައިނާއިން ދަތުރުފަތުރު ކުރުމަށް ހުއްދަ ދިނުމާއިއެކު، އެގައުމުގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާކިޔަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް އިތުރަށް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި އަޑިވަޅުގަނޑުން، ދުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކަށް އަދިވެސް އަރައި ނުގަނެވިގެން އުޅެމުންދިޔަ ނަމަވެސް، ޗައިނާގެ އިގްތިސާދު އަންނަނީ ކުރިއަރަމުން ކަމަށެވެ. 

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު، މީގެކުރިން ނުދާވަރަށް ދަށަށް ދިއުމާއި ގުޅިގެން ސަރުކާރުން އަންނަނީ، އިގްތިސާދު އަލުން ކޮޅަށް ޖެހުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުން އަލުން ހުޅުވާލައި، ބޭރުގެ އެކި ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް