ads
އަނީތާ އާއި އޭނާގެ ފިރިމީހާ--
ފޭނުންނަށް ސަޕްރައިޒެއް، އަނީތާ އިނީ ބަލިވެ!
ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ، ޔޭ ހޭ މޮހައްބަތެއިން އިން ޝަގުންގެ ރޯލުން މަގްބޫލުވި އަނީތާ ހަސަނަންދާނީގެ ސަޕޯޓަރުންނަށް ސަޕްރައިޒެއްދީފި އެވެ.

ޝަގުން ރޭގެ ވަގުތެއްގައި ހިއްސާކުރީ އޭނާ ބަނޑުބޮޑު ފޮޓޯއެކެވެ. އެގޮތުން ފިރިމީހާއާއެކު ނަގާފައިވާ އެ ފޮޓޯ ހިއްސާކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެ ޖޯޑަށް މަރުހަބާ ކިޔަމުންނެވެ. 

ދިވެހިންގެ މެދުގައި ވެސް މަގްބޫލު ޝަގުންގެ ބަނޑަށް މިހާރުވީ ކިތައް މަސްކަން އޭނާ ހިއްސާއެއް ނުކުރެ އެވެ. 

މިއީ އެމީހުންގެ ކައިވެންޏަށް ލިބޭ ފުރަތަމަ ދަރިކަން ވެސް ފާހަގަކުރެވެ އެވެ. 

ޝަގުން އާއި އޭނާގެ ފިރިމީހާ ވަނީ ރާއްޖެއަށް މީގެ ކުރިން ޗުއްޓީ ހޭދަކުރަން އައިސްފަ އެވެ. އަދި މާލޭގެ ރަސްފަންނު ސަރަހައްދުގައި ސަޕޯޓަރުންނާއި ބައްދަލުކުރިއިރު ގިނަ ބަޔަކު ވަނީ ފޮޓޯ ނަގަން އެ ސަރަހައްދަށް ގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް