ads
ޑރ. ނަޒްލާ ރަފީގް--
ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނަން: އެޗްއީއޯސީ
ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށް ހެލްތު އިމަަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ ފުރައްސާރައާ ގުޅިގެން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން ވިދާޅުވީ އެފަދަ ފަރާތަކަށް ޖެއްސުންކޮށް ފުރައްސާރަކޮށްފިނަމަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާއި ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ. އަދި މައްސަލަ ތަހުގީގުކުރުމަށް ފަހު އަޅަން ޖެހުނު ފިޔަވަޅެއް ވެސް އަޅާނެ ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ އެގޮތަށް ވިދާޅުވިއިރު ރޭގެ ވަގުތެއްގައި މާފަންނު މަދަރުސާގައި ސާމްޕަލް ނެގި މީހަކަށް ހަމަލާދިން މައްސަލައެއް ވެސް ފުލުުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. 

އެ ތުހުމަތު ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނަށް ކުރި ނަމަވެސް ކަންހިނގާދިޔަ ގޮތް ކަމަށް ވިދާޅުވެ ހިއްސާކުރި ޕޯސްޓުގައި ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް