ads
މެންބަރު އަލީ ނިޒާރު އަދި ޑރ. މުހައްމަދު ޖަމީލް އަހްމަދް——ފޮޓޯ: ސީއެންއެމް
މެންބަރު ނިޒާރު ޑރ. ޖަމީލަށް: ނިކަމެތި ހާލުގައި ނުހުންނަވާ ދަނޑުވެރިކަން ކުރުމަށް ދުރުވޭ!
އެމްޑީޕީގައި ހުރިނަމަ ވަޒީފާއެއް ލިބޭނެކަމަށާއި ނިކަމެތި ހާލުގައި ނޫޅުއްވާ ރަށަށް ވަޑައިގެންނެވުމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު އެދިވަޑައިގެންފި އެވެ.

ލައްކަ ދުވަހު އުޒުރު ދެއްކިއްޖެ ކަމަށާއި ދިވެހިންނަށް ދެ ފިކުރުގެ ތަފާތު މިހާރު ސާފުވެފައިވާ ކަމަށް ވިދާޅުވެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިއްޔެ ކުރެއްވި ޓްވީޓަށް އިޝާރާތް ކުރައްވާ ނިޒާރު ވިދާޅުވީ އެމްޑީޕީގައި ހުންނެވިނަމަ އެމަނިކުފާނަށް ވަޒީފާއެއް ލިބޭނެކަމަށެވެ.

އަދި ނިކަމެތި ހާލުގައި ނުހުންނަވާ ރަށަށް ގޮސް ދަނޑުވެރިކަން ކުރެއްވުމަށް މެންބަރު ނަޒީރު ވަނީ ޑރ. ޖަމީލްގެ އަރިހުން އެދިވަޑައިގަންފަ އެވެ. ނަޒީރު ވިދާޅުވީ އެމަނިކުފާނުވެސް ކުރައްވަނީ އެމަސައްކަތްކަމަށެވެ.

ޖަމީލް އިއްޔެ ކުރެއްވި ޓްވީޓްގައި ވަނީ އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އުޅޭ ގޮތުން މިނިވަންކަން ގެއްލި، ދަރަނި ބޮޑުވެ، ދިރިއުޅުން ވޭނަކަށްވާ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިންނަށް ރަނގަޅީ ބްރިޖް އަޅާ ތަރައްގީކޮށް ބައެއްގެ ފައިބުޑަށް ނުވެއްޓުންކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ. 

އެހެންނަމަވެސް ވެރިކަމުގައި ތިބީ ކޮންމެ ގޮތެއް ވަރިހަމަ ބައެއް ކަމަށާއި މިވެރިކަން ނިމޭއިރު ދިވެހިންގެ ހާލަތު މިއިން ދުވަހަކު ދަށަށް ނުދާވަރަށް ދަށްވެ އެތަށް ބަޔަކު ހާލުގައި ޖެހޭނެކަމަށް ވިދާޅުވެ ޖަމީލް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް