ads
ސައިފް އާއި ދަރިފުޅު ތައިމޫރް--
ތައިމޫރްއާ މެދު ކުރާ އުންމީދުތައް ސައިފް ހާމަކޮށްފި
މަޝްހޫރް ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ކަރީނާ ކަޕޫރް ހާން އަދި ސައިޕް އަލީ ހާންގެ ފުރަތަމަ ދަރިފުޅު ތައިމޫރް އާ މެދު ކުރެވޭ އުންމީދުތައް ވަރަށް ބޮޑު ކަމަށާއި އޭނާ ބޮޑުވެގެން ކާމިޔާބު ވާ ތަން ބަލަން ވަރަށް ބޮޑަށް ބޭނުން ކަމަށް ސައިޕް ވަނީ ބުނެފަަ އެެވެ.

އެގޮތުން ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ތައިމޫރު އާ މެދު ކުރެވޭ އުންމީދުތައް މީީޑިއާއާ ހިއްސާކޮށްފަ އެވެ.

ސައިފް ބުނީ އޭނަ ބޭނުންވަނީ ތައިމޫރް ވެސް ބޮޑުވެގެން އެ ދެމަފިރިން ގޮތަށް މަޝްހޫރް ފިލްމީ ތަރިއަކަށް ވުމަށް ކަަމަށެވެ. ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރަކީ ބޮލީވުޑުގެ އެންމެ މަގުބޫލު އެއް "ސްޓާ ކިޑް" އެވެ. ތައިމޫރު ފެންނަ ކޮންމެ ތަނަކުން އޭނާއަށް ކެމެރާތައް އަމާޒުވެ އެވެ. 

ޕަޕަރާޒީންގެ އުނދަގޫ ބޮޑުވުމުން ތައިމޫރްގެ މައިންބަފައިން އެކަމާ މެދު ކަންބޮޑުވާ ކަމަށްވެ އެވެ. ކަރީނާ ވަނީ އާދައިގެ ކުއްޖެއް ގޮތަށް ބޮޑުވުމުގެ ފުރުސަތު ތައިމޫރަށް ހޯދައި ދިނުމަށް ވަރަށް ބޭނުންވާ ކަމަށް ކުރިން ބުނެފަ އެވެ. 

ތައިމޫރުގެ މަންމަ އާއި ބައްޕަގެ ފޭން ބޭސްގެ ގިނަ މީހުންނަކީ މިހާރު ތައިމޫރްގެ ވެސް ފޭނުންނެވެ. އޭނާގެ ފޮޓޯ އެއް ނުވަތަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ ނަމަ އެ ފޮޓޯއަކަށް ނުވަތަ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓެ އެވެ. 

ސައިފް އާއި ކަރީނާ މިހާރު ތިބީ ދެވަނަ ދަރިފުޅު އުފަންވާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވިހާނީ އަންނަ ފެބްރުއަރީގަ އެވެ.  

ތައިމޫރަކީ ކަރީނާގެ އަލަތު ދަރިފުޅު ނަމަވެސް އެއީ ސައިފްގެ ތިން ވަނަ ދަރިފުޅެވެ. މީގެ ކުރިން ސައިފް ވަނީ ބަތަލާ އަމްރިތާ ސިންގް އާ ކައިވެނިކޮށް އެ ކައިވެންޏަށް ދެ ކުދިން ލިބިފަ އެވެ. 

އެއީ މިހާރު ބޮލީވުޑްގައި މަސައްކަތް ކުރާ ބަތަލާ ސާރާ އަލީ ހާން އާއި އިބްރާހީމް އަލީ ހާން އެވެ. އިބްރާހިމް އަދި ބޮލީވުޑްއަށް ނިކުމެފައި ނުވި ނަމަވެސް ވަރަށް އަވަހަށް އޭނަ ވެސް ބޮލީވުޑަށް ނިކުންނާނެ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

އިބްރާހިމްއާ ބެހޭ ގޮތުން ސުވާލު ކުރުމުން ސައިފް ބުނީ އޭނަ ހުރީ މިހާރު ބޮލީވުޑަށް ނިކުތުމަށް ތައްޔާރަށް ކަމަށެވެ. އެހެންމަވެސް ސައިފް ބޭނުން ވަނީ އަދި ކުޑަ ދުވަސްކޮޅަކަށް އިބްރާހިމް ބޮލީވުޑަށް ނުނިކުމެ މަޑުކޮށްލަން ކަމަށް އޭނަ ބުނެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް