ads
މެމްބަރު ޔައުގޫބް، ސިވިލް ކޯޓުގެ ކުރީގެ ގާޒީ ހަލީމް--
ޔައުގޫބްގެ މެމްބަރު ކަމުގެ މައްސަލަ ސުޕްރީމް ކޯޓުން ބްރާސްފަތި ދުވަހަށް ތާވަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މި ހަފްތާއަށް ތާވަލުކޮށްފި އެވެ.

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަނުކޮށް އެ މަގާމު ބަލައިގަތުމުންނެވެ.  

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެވެ. ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ތާވަލުކޮށްފައިވަނީ ބްރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށް ކަމަށެވެ. 

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބް ހިލާފުވެފައިވާތީ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށެވެ. 

ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ، މަޖިލީހުގެ މެމްބަރަކު އެ މާއްދާގައި ބަޔާންކުރާ ވަޒީފާތަކުންކުރެ ވަޒީފާއެއް އަދާކޮށްގެންނުވާނެ ކަމަށެވެ. އެގޮތުން އެ މާއްދާގެ 3 ވަނަ ނަމްބަރުގައި ވަނީ މަޖިލީހުގެ މެމްބަރަކު "މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް" އަދާކޮށްގެން ނުވާނެ ކަމަށެވެ. 

"އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ކައުންސިލަށް ޔައުގޫބް އައްޔަނު ކުރުމާއި އެކު އޭނާގެ މެމްބަރުކަން ގެއްލިފައިވާކަމަށް ބައެއް ގާނޫނީ ވަކީލުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ މައްސަލަ ބޮޑުވުމުން ޔައުގޫބް ވަނީ އެ ކައުންސިލުން އިސްތިއުފާ ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް