ads
އިންޑިއާގައި ކޮވިޑްގެ ބިރުވެރިކަން ބޮޑުވަނީ--
އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހަތް މިލިއަނުން މައްޗަށް
އަވަށްޓެރި އިންޑިޔާއިން ކޮވިޑް-19 ގެ ޖުމްލަ މީހުންގެ އަދަދު ހަތް މިލިއަނުން މައްޗަށް އަރައިފި އެވެ.

ދެވަނައަށް އެންމެ ގިނައިން ކޮވިޑް-19 ގެ ކޭސްތައް ފެންމަތިވެފައިވާ އިންޑިޔާގެ ހެލްތު މިނިސްޓްރީއިން މައުލޫމާތުދޭ ގޮތުގައި ފާއިތުވެގެންދިޔަ 24 ގަޑިއިރުތެރޭ އިންޑިޔާއިން ވަނީ 75،000 އަށްވުރެ ގިނަ ކޭސްތައް ފެންމަތިވެފައެވެ. އެހެންކަމުން އިންޑިޔާއިން ރިޕޯޓްކޮށްފައިވާ ޖުމްލަ ކޭސްތަކުގެ އަދަދު މިހާރު ވަނީ 7.05 މިލިޔަނަށް ވުރެ އިތުރުވެފައެވެ. އިންޑިޔާއިން ކޭސްތައް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ މާޗް މަހުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުންނެވެ.

އިންޑިޔާއިން ކޮވިޑް-19 ގެ ކޭސްތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާތީ ސިއްހީ މާހިރުން ވަނީ މާސްކް އަޅައިގެން އުޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން އިންޑިޔާއިން އިތުރު ކޭސްތައް ފެންމަތިވުން ގާތްކަމަށާއި، ސަބަބަކީ އިންޑިޔާގައި އަދިވެސް ވައިރަހަށް ޓެސްޓުކުރެވޭ އަދަދު މަދުވުން ކަމަށް ސިއްހީ މާހިރުން ލަފާކުރެއެވެ.

މިހާތަނަށް 7.05 މިލިޔަނަށް ވުރެ ގިނަ މީހުންނަށް އިންޑިޔާގައި ކޮވިޑް-19 ޖެހިފައިވާއިރު، 108،334 މީހުން ވަނީ މަރުވެފައެވެ.

އިންޑިއާއަކީ ދުނިޔެއިން ދެވަނަ އަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވާ ގައުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް