ads
މީރާގެ ހެޑް އޮފީސް--
މިދިޔަ މަހު ލިބުނު އާމްދަނީ 30 ޕަސަންޓު ދަށްވެއްޖެ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ލިބުނު އާމްދަނީ 30.9 ޕަސަންޓު ދަށްވެއްޖެ އެވެ.

ނިމުނު ސެޕްޓެމްބަރު މަހު މީރާއަށް ލިބިފައި ވަނީ 834.04 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 30.9 ޕަސަންޓު މަދު އަދަދެކެވެ. 

މީރާއިން ބުނީ އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަން ވަރަށް ބޮޑަށް މަޑުޖެހުމާއެކު އެ ދާއިރާގެ ޓެކްސް މަދުވުމުން ކަމަށެވެ.

އޭގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓު ދެއްކުމުގެ ސުންގަޑި އިތުރު ކުރުމުން ވެސް އާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއެވެ. 

ތަފާސްހިސާބަށް ބަލާއިރު ސެޕްޓެމްބަރު މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސްގެ ގޮތުގަ އެވެ. އެއީ 385.57 މިލިއަން ރުފިޔާ އެވެ. އެއީ އެ މަހުގެ ޖުމްލަ އާމްދަނީގެ 45.7 ޕަސަންޓެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީ ލިބިފައި ވަނީ ޖީއެސްޓީންނެވެ. އެގޮތުން ސެޕްޓެމްބަރު މަހު ޖީއެސްޓީގެ ގޮތުގައި ލިބުނު 217.16 މިލިއަން ރުފިޔާއަކީ ޖުމްލަ އާމްދަނީގެ 25.8 ޕަސަންޓެވެ. 

your imageސެޕްޓެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީ--

އޭގެ އިތުރުން ބީޕީޓީގެ ގޮތުގައި 150.13 މިލިއަން ރުފިޔާ، ރެޒިޑެންޝަލް ޕާމިޓުގެ ގޮތުގައި 21.06 މިލިއަން ރުފިޔާ، މުދަލު ޒަކާތުގެ ގޮތުގައި 11.07 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކްސާއި ފީގެ ގޮތުގައި 58.04 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް