ads
ބްރެޒިލް--ފޮޓޯ: އެންޑޮލް އެޖެންސީ
ބްރެޒިލްގައި މަރުވި މީހުންގެ އަދަދު ދޮޅުލައްކައަށް!
ބްރެޒިލްއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ދޮޅުލައްކަ އަށް ވުރެ މައްޗަށް އަރައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބްރެޒިލްގެ ހެލްތު މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިހާރު ބްރެޒިލްއިން ވަނީ ޖުމްލަ 150،198 މީހުން މަރުވެފަ އެވެ. ބްރެޒިލްއަކީ އެމެރިކާ އަށް ފަހު ދެވަނައަށް ކޮވިޑް-19 ގެ ސަބަބުން އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ.

ބްރެޒިލްގައި ވައިރަސްގެ ސަބަބުން ދޮޅުލައްކައަށްވުރެ ގިނަ ބަޔަކު މަރުވެފައިވާ އިރު، އެގައުމު ރައީސް ޖަޔާ ބޮލްސޮނާރޯ ވަނީ ގައިދުރުކުރުން ފަދަ ފިޔަވަޅުތަކަށް ޖޯކު ޖައްސަވައި ފާޅުގައި ވާހަކަފުޅު ދައްކަވައިފައެވެ. ސަރުކާރުގެ އެހެނިހެން އިސްވެރިން ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައި ވާއިރު ބޮލްސޮނާރޯ ވަނީ އެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދެއްވާފައެވެ.

ފަހަކަށް އައިސް ބްރެޒިލްގައި ކޮވިޑް-19 ގެ ސަބަބުން މަރުވާ މީހުންގެ ރޭޓް ވަނީ މަދުވެފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި އެވަރެޖް ގޮތެއްގައި މަރުވެފައިވަނީ 598 މީހުންނެވެ. މިއީ މޭ މަހަށްފަހު މިހާތަނަށް އެންމެ މަދުން މަރު ރިޕޯޓްކުރެވުނު އަދަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް