ads
އެމްއެސް ދޯނީގެ އޭނާގެ އާއިލާއާއެކު--
އެމްއެސް ދޯނީގެ ދަރިފުޅު ރޭޕްކުރާނެކަމުގެ އިންޒާރާއެކު ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފި
އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނީގެ ފަސް އަހަރުގެ އަންހެން ދަރިފުޅު، ޒީވާ ރޭޕްކުރާނެ ކަމުގެ އިންްޒާރު ދިނުމާއެކު އެމީހުން ދިރިއުޅޭ ރާންޗީގައި ހުންނަ ފާމްހައުސްގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

ފުލުހުން ބުނީ އެ ގޭ ސަރަހައްދުގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން އަންނައިރު އާދައިގެ ޔުނިފޯމުގައި އުޅޭ ފުލުހުންގެ ބަޔަކު ވެސް އެ ސަރަހައްދުގައި ފާރަވެރިވަމުންދާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި އެމްއެސް ދޯނީގެ ދަރިފުޅު ރޭޕްކުރާނެ ކަމުގެ އިންޒާރުތައް ދިނީ ޗެންނާއީ ސުޕަަ ކިންގްސް (ސީއެސްކޭ) އައިޕީއެލް މެޗަކުން ކޮލްކަތާ ނައިޓް ރައިޑާސް އަތުން ބަލިވުމާއެކު އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ދޯނީގެ އަންހެނުން ސާކްޝީ އާއި އެމީހުންގެ ދަރިފުޅު އެ ފާމްހައުސްގައި ދިރިއުޅެމުން އަންނައިރު މިވަގުތު މުބާރާތުގައި ބައިވެރިވުމަށް ދޯނީ ހުރީ ޔޫއޭއީގަ އެވެ.

your imageއެމްއެސް ދޯނީގެ ގޭ ދޮށުގައި ފުލުހުން ހަރަކާތްތެރިވަނީ--

ދަރިފުޅު ރޭޕްކުރާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާ އިން ދިން މީހަކު ހޯދުމުގެ މަސައްކަތް ވެސް މިހާރު ސައިބާ ސެލް ޑިޕާޓްމަންޓުން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދެހާސް ދިހަ ވަނަ އަހަރު އެމްއެސް ދޯނީ އާއި ސާކްޝީ ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެންޏަށް ލިބިފައިވާ ހަމައެކަނި ދަރިއަކީ އެއީ އެވެ. 

އިންޑިއާއަކީ ރޭޕްގެ މައްސަލަ ވަރަށް ބޮޑު ގައުމެކެވެ. އެގޮތުން އެފަދަ ކަންކަމުގެ ޝިކާރައަށް ވަރަށް ތުއްތު ކުދިން ވެސް އެގައުމުގައިވެ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް