ads
އާދަމް ޝަރީފް--
ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަށް ރާއްޖެއެއް ނުހިފޭނެ: އާދަމް ޝަރީފް
ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަށް ރާއްޖެ ނުހިފޭނެ ކަމަށް ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ރައްދުދެއްވައިފި އެވެ.

އާދަމް ޝަރީފް އެގޮތަށް ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމަށް އެހުންތެރިއަކު ކުރި ސުވާލަކަށް ދެއްވި ޖަވާބެއްގައި އިންޑިއާގެ އަތްދަށަށް ރާއްޖެ ގެންނަން ބޭނުންނަމަ މިހާރު އެކަން އެގައުމުން އޮންނާނީ ކޮށްފައި ކަމަށާއި އެކަމުގައި ރާއްޖެއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ފައްޔާޒު ވިދާޅުވެފައިވާތީ އެވެ. 

އެކަމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަށް ދިވެހިރާއްޖެ ނުހިފޭނެ،" ކަމަށެވެ.

އެގޮތުން ހުރިހާ ދިވެހިން މަރާލާފައި ވެސް އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފޭނެ ކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު އެއްވެސް ޔަގީންކަމެއް ނެތްކަންދޭހަކޮށްދޭ ކަމެއް ކަމަށް ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވެ އެވެ.

މި ސަރުކާރާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާއި މެދު އިދިކޮޅުން ވަރަށް ބޮޑަށް ފާޑުކިޔާއިރު އެގުޅުން މުހިއްމު ކަމަށް މި ސަރުކާރުން އަބަދުވެސް ފާހަގަކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް