ads
ހޯދަމުންދާ ކ. މާލެ، ގ. ހިޔަރޯދި، މުހައްމަދު ޝަމްއާން ސަލީމް--
ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އާއްމުންގެ އެހީއަށް އެދިއްޖެ
ފުލުހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.

ފުލުހުން ހޯދަމުން ދަނީ ކ. މާލެ، ގ. ހިޔަރޯދި، މުހައްމަދު ޝަމްއާން ސަލީމް އެވެ. މި މީހާއަކީ 26 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ވަނީ އޭނާގެ ފޮޓޯ ވެސް އާއްމުކޮށްފަ އެވެ.

your imageހޯދަމުންދާ ކ. މާލެ، ގ. ހިޔަރޯދި، މުހައްމަދު ޝަމްއާން ސަލީމް--

އެ މީހާ ހޯދަމުންދަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.

އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް