ads
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ-- ފޮޓޯ: ވަން އޮންލައިން
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އިސްތިއުފާ ދެއްވައިފި
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ މަގާމުން ވަކި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައި ވަނިކޮށް އަމިއްލައަށް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑުކޮށް، މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ ގާނޫނުއަސާސީގައިވާ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް ކުރި ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

ގާޒީކަމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ އިބްރާހިމް އަލީ މިއަދު ވަނީ ޖޭއެސްސީއަށް ފޮނުއްވާފަ އެވެ.

އިބްރާހިމް އަލީއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލާފައި ވަނީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ 10 މީހެއް ބަންދުން ދޫކުރަން ކުރެއްވި އަމުރު މުރާޖައާ ކުރަން ހައިކޯޓުން އެންގުމުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތަކުރާރުކޮށް އެކަން ހުށަހެޅުމުން ވެސް ލަސްކުރި މައްސަލަ އެވެ. 

ނަމަވެސް އިބްރާހިމް އަލީ ވިދާޅުވެފައި ވަނީ މައްސަލަ ލަސްވީ ކްރިމިނަލް ކޯޓުގެ އިދާރީ ކަންކަމުގެ ސަބަބުން ކަމަށާއި ޖޭއެސްސީން ކުރި ތަހުގީގުގައި އެކަމަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް