ads
މަނަދޫގައި ހުޅުވި މީރާގެ ކަލެކްޝަން ސެންޓަރު---
މަނަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި
ނ. މަނަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ރަސްމީކޮށް ހުޅުވައިފި އެވެ.

އިއްޔެ ހަވީރު ނ. މަނަދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، މި ކަލެކްޝަން ސެންޓާ ހުޅުވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް، އަލީ ޒާފިރުއެވެ.
މަނަދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބޭނެކަމަށް މީރާއިން ބުނެއެވެ.

އޭގެތެރޭގައި، މީރާގައި ރަޖިސްޓަރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެކަމަށް މީރާއިން ބުނެއެވެ.

މިހާތަނަށް މީރާއިން ވަނީ 16 އަތޮޅެއްގައި 17 އޮފީސް ގާއިމުކޮށް އެ އޮފީސްތައް މެދުވެރިކޮށް އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް