ads
މިއަދު ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި--
އަތުލައިގަތީ 100 ކިލޯއަށް ވުރެ ގިނަ ހެރޮއިން އަދި މެތު: ޕޮލިސް ކޮމިޝަނަރު ހަމީދު
ފުލުހުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަނެފައި ވަނީ 100 ކިލޯއަށް ވުރެ ގިނަ ހެރޮއިން އާއި މެތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހުޅުމާލެ ކައިރީގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

"މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ސަބަބުން ކުރާ އިޖުތިމާއީ އަދި އިގްތިސާދީ އަސަރު ވަރަށް ބޮޑު. މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން މެދުކެނޑުމެއް ނެތި މަސައްކަތް ކުރާނަން،" ހަމީދު ވިދާޅުވި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ ފަޅު ކައިރީގައި އޮތް ބޯޓަކުން 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައި ވާއިރު ފުލުހުން އަދިވެސް ދަނީ އެ ސަރަހައްދުގައި ހަކަރާތްތެރިވަމުންނެވެ.

މިދިޔަ ހަފްތާގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އައްޑޫ ކަނޑުމަތިން ވެސް 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ.

އޭގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު އދ. ފެންފުށިން ވަނީ ބައި ކިލޯއަށް ވުރެ ގިނަ މެތު އަތުލައިގަނެ، ޑްރަގް ވިޔަފާރި ކުރާ މީހަކު ހައްޔަރުކޮށްފަ އެވެ.

ހެރޮއިން އަދި މެތަކީ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ގަދަޔަށް ދެވި ހިފާ އަދި އެންމެ ނުރައްކާތެރި ދެ ބާވަތެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް