ads
ފިނޭންސް މިނިސްޓްރީ--
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 101.2 މިލިއަން ރުފިޔާ ދޫކޮށްފި
ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ހުޅުވާލި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 101.2 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް 23،908 މީހަކު ވަނީ އިންކަމް ސަޕޯޓް އެލަވަންސަށް އެދިފަ އެވެ. 

އޭގެ ތެރެއިން 9,639 މީހަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 101.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށް ތައާރަފްކުރި އެ އެލަވަންސް ދެނީ ވަޒީފާ ނެތް މީހުންނަށާއި، ނޯ ޕޭ ލީވްގައި ތިބި މީހުންނާއި، މުސާރައިން ބައެއް އުނިކޮށްފައިވާ މީހުންނާއި، އާމްދަނީ ހޯދުމަށް ދަތިވެފައިވާ އަމިއްލަ ނުވަތަ ފްރީލާންސް މަސައްކަތް ކުރާ މީހުންނަށެވެ. 

އިންކަމް ސަޕޯޓުގެ ގޮތުގައި ފޯރުކޮށްދެނީ މުސާރަ ނުލިބޭ ފަރާތްތަކަށް 5،000 ރުފިޔާ އަދި މުސާރައިގެ ގޮތުގައި 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެ އަދަދު ހަމަވާ މިންވަރެކެވެ. 

އެ އެލަވަންސަށް ކުރިމަތިލާ ފަރާތްތަކުން މިދިޔަ އަހަރުގެ އެކެއް ޑިސެމްބަރާ ހަމަޔަށް ވަޒީފާއެއްގައި މަސައްކަތްކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.

އެ އެލަވަންސަށް ކުރިމަތިލާ ފަރާތްތަކުން، ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ކުރި އަސަރު، ޖޮބް ސެންޓަރުގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރަން ޖެހެ އެވެ.

އެގޮތުން ސެޕްޓެމްބަރު މަހުގެ އެލަވަންސްއަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް