ads
މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން--
މާލެ-ތިލަފުށި ބްރިޖަށް އިންޑިއާއިން ދޭ 400 މިލިއަން ޑޮލަރު ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި
"ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއު" އަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ލޯނު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއަކީ މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާލުމަށް އަޅާ ބްރިޖުގެ މަޝްރޫއެވެ. އެ މަޝްރޫއަށް ލޯނު ނަގާފައި ވަނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާއިންނެވެ.

your imageފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް އަދި އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް އިންޑިއާގެ ޖެނެރަލް މެނޭޖަރު ނިރުމަތު ވޭދް-- 

އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެކްސްޕޯޓް އިންޕޯޓް ބޭންކް އޮފް އިންޑިއާގެ ޖެނެރަލް މެނޭޖަރު ނިރުމަތު ވޭދް އެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ސޮއި ކުރެވިގެންދިޔަ ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. ކޮވިޑް -19 ގެ ބަލިމަޑުކަމާއިއެކު ދުނިޔޭގެ އިގްތިސޯދު ބޮޑު އަޑިގަޑަކަށް ވެއްޓިފައި ވާއިރު އޭގެ ތެރެއިން ވެސް އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ރާއްޖޭގެ އިގްތިސާދަށް ކަމަށް އަމީރު ވިދާޅުވި އެވެ. އަމީރު ވިދާޅުވީ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް ވެސް މި މަޝްރޫއު ބޮޑު އެހީއަކަށް ވާނެ ކަމަށެވެ. 

އޭގެ އިތުރުން އަމީރު ވަނީ ކޮވިޑް-19 ގެ މި ދަތި ދަނޑިވަޅުގައި އިންޑިއާއިން ކެނޑިނޭޅި އެހީތެރިކަން ފޯރުކޮށްދެމުން ދާކަން ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރު ދަންނަވާފަ އެވެ.

މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާލާ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ވެގެން ދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން އާ ގުޅުވައިދޭ ލައިފްލައިނަކަށް ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ލޯންއަކީ 1.7 ޕަސެންޓްގެ އިންޓަރެސްޓާއެކު ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ ގޮތަށް 20 އަހަރުން އަނބުރާ ދައްކަން ޖެހޭ ލޯނެކެވެ.

މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާލުމަށް އަޅާ ބްރިޖުގެ މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އިގްތިސޯދަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުއަކަށް ކަމަށް ފޮނިް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް