ads
ހއ. ހޯރަފުށި އަދި އެ ރަށުގައި އަޅާ އެއާޕޯޓް-- ފޮޓޯ: ކޮރަލް ގްލާސް މީޑިއާ
ހޯރަފުށީގައި ފެން ބަންދު ކުރާ ޕްލާންޓެއް ގާއިމް ކުރާނެ ބަޔަކު ހޯދަނީ
ހއ. ހޯރަފުށީގައި ފެން ބަންދު ކުރާނެ ޕްލާންޓެއް ގާއިމް ކުރާނެ ފަރާތެއް ހޯދަން ފެނަކައިން އިން އިއުލާނުކޮށްފި އެވެ.

ފެނަކައިގެ އިއުލާނުގައި ބުނެފައި ހޯރަފުށީގައި އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު 15 ވާ ބުރާސްފަތި ދުވަހުގެ ކުރިން މައުލޫމާތު ސާފު ކުރަން ޖެހެ އެވެ.

އަދި ޝައުގުވެރިކަން ފާޅުކުރުމަށް އެއް ހަފްތާ ދިނުމަށް ފަހު މުއްދަތު ހަމަވާނީ އޮކްޓޯބަރު 22 ވާ ބުރާސްފަތި ދުވަހު އެވެ.

ހޯރަފުށީގައި ފެން ބަންދު ކުރާ ޕްލާންޓެއް ގާއިމް ކުރަން ފެނަކައިން އެ ރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި އެ ޕްލާންޓު ގާއިމް ކުރާނީ ހޯރަފުށި ކައުންސިލުގެ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގެ ދަށުންނެވެ. 

އެ ޕްލާންޓުން ދުވާލަކު މަދުވެގެން 10،000 އާއި 12،000 އާ ދެމެދުގެ އަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދު ކުރެވޭނެ ކަމަށް ފެނަކައިން ބުނެފައި ވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް