ads
ރައްޔިތުންގެ މަޖިލިސް--
"މައިންގެ" ކޮޓަރިއެއް މަޖިލީހުގައި ހުޅުވައިފި
"މައިންގެ" ކޮޓަރިއެއް ރައްޔިތުންގެ މަޖިލީހުގައި ހުޅުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި "މައިންގެ" ކޮޓަރިއެއް މިހާރު ހުންނާނެ ކަމަށެވެ. 

މިއަދު އެކޮޓަރީގެ ބޭނުން ކުރަންފެށޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ އެއްވެސް މެމްބަރެއްގެ ކުޑަކުދިން ވަގުތު ކޮޅަކަށް އެހެން ތަނަކަށް ފޮނުވެން ނެތްކަމަށް ވާނަމަ މަޖިލީހުގައި އެކުދިން ބެލެހެއްޓޭނެ ކަމަށެވެ. 

"މައިންގެ ކޮޓަރީގައި އެކުދިންނަށް ތިބެވޭނެ. އަދި ކުޑަކޮށް ކުޅެލާ އެބާވަތުގެ ކަންކަންވެސް ކުރެވޭނެ."

your imageފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ވީމިންވަރަކުން އެކުދިންގެ ކަންކަން ބަލަމުންގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މައިންގެ ކޮޓެރިއެއް ހުޅުވި ނަމަވެސް ކުޑަކުދިން ބެލެހެއްޓުން އެންމެ ރަނގަޅު ވާނީ އާއިލީ މީހެއްކަން އެއީ އޮޅުވާލެވެން ނެތް ހަގީގަތް ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ މައިންގެ ކޮޓަރި ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިދާރީ މުވައްޒަފުން ބޭނުން ކުރުމަށް ހަދާފައިވާ ތަނެއްކަމަށް ވެސް މަޖިލީހުން މައުލޫމާތުދެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް