ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދަރަނީގެ ހިސާބުގައި ތަފާތެއް އުޅޭނަމަ އެކަން ދެނެގަތުމަކީ މަޖިލީހުގެ ޒިންމާއެއް: ރައީސް ނަޝީދު
ރާއްޖޭގެ ދަރަނީގެ ހިސާބުތަކުގައި ތަފާތެއް އުޅޭނަމަ އެކަން ދެނެގަތުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ދަރަންޏާ ގުޅިގެން ދެ އޮޑިޓު ރިޕޯޓެއް މަޖިލީހަށް ލިބިފައިވާ ކަމަށެވެ. 

އެގޮތުން ގެރެންޓީތަކާއި ދައުލަތުގެ ދަރަންޏާ ގުޅޭ އޮޑިޓު ރިޕޯޓު މަޖިލީހަށް ލިބިފައި ވަނީ ރާއްޖޭގެ ދަރަންޏާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީން ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި އޮވެދާނެ އެއްޗަކާއި މެދު ބައެއް ފަރާތްތަކުން ކަންބޮޑުވާ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ދަރަންޏާއި ގުޅޭގޮތުން ހުންނަ ކަންކަމުގައި ތަފާތު ވާނަމަ ބައިނަލްއަގްވާމީ އިދާރާތަކުން އެކަން ފާހަގަ ކުރާނެކަމަށެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހިސާބުތަކުގައި ތަފާތެއް އުޅޭނަމަ އެކަން ދެނެގަތުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. 

"މަޖިލީހުގެ ވަރަށް ބޮޑު ޒިންމާއަކަށްވާނެ މައްސޫލިއްޔަތަކަށް ވާނެ، ސަރުކާރާއި އެކުގައި މިމަސައްކަތް ކުރުން. ފަރަގެއް ވާނަމަ އެ ފަރަގަކީ ކޮބާތޯ ސަރުކާރަށް ވެސް މަޖިލީހަށް ވެސް އެނގިގެން އެކަމެއް ފޫބެއްދުން އެއީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

 

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނި 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އިންތިހާއަށް އިތުރުވެފައިވާކަން އޮޑިޓު ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ދަރަނި ދެއްކުމުގައި ދައުލަތުން ހޭދަ ކުރަންޖެހޭ ސީދާ އަދަދުތައް މަޖިލީހުގެ ރިޕޯޓު އާއްމުކުރާއިރު ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް