ads
ކޮވިޑް-19 ގެ ވައިރަސް ހުންނަ ގޮތް ކަމަށް ލަފާކޮށްފައިވާ ސާމްޕަލް-- ފޮޓޯ: ޑަބްލިއުއެޗްއޯ
ކޮވިޑު ވައިރަސް 28 ދުވަހުގެ މުއްދަތަކަށް ހަރުލާފައި ހުރޭ: ދިރާސާ
ސާސް-ކޮވް-2 ނުވަތަ ކޮވިޑް-19 ވައިރަސް ބިއްލޫރި ފަދަ ތަކެތީގައި ގިނަ ދުވަހުގެ މުއްދަތަކަށް ހަރުލާފައި ހުންނަ ކަމަށް ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

އޮސްޓްރޭލިޔާގެ ސައިންސްވެރިންގެ އޭޖެންސީއަކުން ކުރި ދިރާސާއިން ދައްކާ ގޮތުން ސާސް-ކޮވް-2 ވައިރަސް ފޯންތަކުގެ ސްކްރީންތަކާއި ފައިސާ ކަރުދާސް ފަދަ ތަކެތީގައި 28 ދުވަހުގެ މުއްދަތަކަށް ހަރުލާފައި ހުރެއެވެ. މި ދިރާސާކޮށްފައި ވަނީ އަނދިރީގައި، 20 ޑިގްރީ ސެލްސިޔަސްގެ ފިނިހޫނުމިނުގަ އެެވެ.

މީގެ މަސްތަކެއް ކުރިން ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ފޯން ސްކްރީންތަކާއި ފައިސާ ނޫޓުތަކުގައި މި ވައިރަސް ތިން ދުވަހަށް ހަރުލާފައި ހުންނައިރު، ޕްލާސްޓިކް ފަދަ ތަކެތީގައި ހަ ދުވަސް ވަންދެން ސާސް-ކޮވް-2 ވައިރަސް ހަރުލާފައި ހުރެއެވެ.

ސާސް-ކޮވް-2 ވައިރަސް އާއި އާދައިގެ ފްލޫ ވައިރަސް އަޅާކިޔާއިރު، ފްލޫ ވައިރަސް ސަތާރަ ދުވަސް ވަންދެން ހަރުލާފައި ހުރެއެވެ.

އަދި ފިނިހޫނުމިން ސާޅީސް ޑިގްރީ ސެލްސިޔަސް އާ ހަމައަށް މަތިވުމުގެ ސަބަބުން މަދުވެގެން 24 ގަޑިއިރު ތެރޭ ވައިރަސްއިން ކުރާ އަސަރު ދައްވާ ކަމަށް މި ދިރާސާގައި ވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް