ads
ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު
ޒީނާ ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ޒީނާ ޒާހިރު މަގާމުން ވަކިކުކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފި އެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ނިންމިއިރު މިއަދު ވަނީ ޒީނާ ހާޒިރުކޮށް ބައެއް ކަންކަމާއި ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވާފަ އެވެ.

ޒީނާ ވަކިކުރަން ނިންމާފައިވަނީ މީޑިއާތަކާއިމެދު ތަފާތުކުރުން ގެންގުޅެތީ އާއި ބްރޮޑްކޮމްގެ މެމްބަރުންނަށް މަތި ކޮށްފައިވާ ގާނޫނީ ވާޖިބު އަދާ ނުކުރާކަމަށް ބުނެއެވެ.

ޒީނާ ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ. އަދި އެ ހުށަހެޅުއްވުމަށް ކޮމެޓީގެ ހަތް މެމްބަރުން ވަނީ ތާއީދު ކުރައްވާފައެވެ.

ބްރޮޑްކޮމްގެ މެމްބަރުންގެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މީގެ ކުރިންވެސް ވަނީ ފަށާފައެވެ.

ބްރޮޑްކޮމްގެ މެމްބަރުންގެ މައްސަލަތައް ބަލަން ފެށުމާއެކު އެކޮމިޝަނުގައި ތިއްބެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ އިސްތިއުފާ ދީފައެވެ. އަދި ބްރޮޑްކޮމްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބްގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް އޭނާވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. 

ޒީނާގެ މައްސަލަ ނުބެލި އޮތީ އޭނާ މެޓާނިޓީ ލީވްއެއްގައި ހުރުމުންނެވެ. އަދި މިދިޔަ ޖޫން މަހު އެމައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީއަށް ޒީނާ ހާޒިރުކޮށް ޖަވާބުދާރީކުރުވާފައިވެއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ޒީނާ އައްޔަނު ކުރީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް