ads
ދިޕިކާ ފެއާނެސް ކްރީމް އެޑެއްގައި--
"ފެއާނެސް ކްރީމް" ފަދަ ބްރޭންޑްތައް ޕްރޮމޯޓް ކުރެވިފައި ވާތީ ދެރަވޭ: ދިޕިކާ
ފެއާނެސް ކްރީމް ފަދަ ނަސްލީ ތަފާތު ކުރުންތައް ދޭހަވާ ބްރޭންޑްތައް ޕްރޮމޯޓް ކުރެވިފައި ވާތީ އެކަމާ ހިތާމަކުރާ ކަމަށް ދިޕިކާ ޕަޑްކޮން ބުނެފި އެވެ.

އިންޑިއާއިން އުފައްދާ ފެއާނެސް ކްރީމް ފަދަ ހަމުގެ ކުލަ އަލިކޮށްދޭ ބްރޭންޑްތަކަކީ ނަސްލީ ތަފާތު ކުރުންތަކަށް ބާރުލިބޭ އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެ އެވެ. 

ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ބޮލީވުޑްގެ ތަރިން އަޑުއުފުލަމުން ދާތީ ފެއާނަސްް ކްރީމް ޕްރޮމޯޓް ކުރުން އެއީ ވަކި ނަސްލަކަށް ތާއީދުކުރުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ބޮލީވުޑްގެ ތަރިންނަށް ފާޑުކިޔަމުންނެވެ.

އޭގެ ތެރޭގައި މަޝްހޫރް ބޮލީވުޑްގެ ތަރި ދިޕިކާ ވެސް ހިމެނޭއިރު އޭނާ ވަނީ ކެރިއަރުގެ އެންމެ ފުރަތަމަ ދުވަސްވަރު އެފަދަ ތަަކެތި ޕްރޮމޯޓްކުރެވިފައި ވާތީ އެކަމާ ދެރަވާ ކަމަށް ބުނެފަ އެވެ. 

ދިޕިކާ ބުނީ އޭނާ މިހާރު އެފަދަ ބްރޭންޑްތަކާއި ތަކެތި ބޭނުން ނުކުރާ ކަމަށާއި އޭނަ މިހާރު އެންމެ އިސްކަމެއް ދެނީ ރޭގަނޑު ގަޑީގައި ރަނގަޅު ނައިޓް ކްރީމެއް ބޭނުންކޮށްފައި އަބަދުވެސް ނިދުމުގެ ކުރިން މޭކަޕް ރިމޫވް ކުރުމަށް ކަމަށެވެ.

ދިޕިކާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ގިނަ ސެެލެބްރިޓީސްތަކެއް ވަނީ ފެއާނެސް ކްރީމް ޕްރޮމޯޓް ކުރުމަށް އިޝްތިހާރުތަކުގައި ހަރަކާތްތެރިވެފަ އެވެ. 

"ބްލެކް ލައިވްސް މެޓާ" ގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަސްލީ ތަފާތު ކުރުންތައް ކުޑަކުރުމަށް ދަނީ ގިނަ ބަޔަކު އަޑު އުފުލަމުންނެވެ. 

އެހެން ނަމަވެސް ބޮލީވުޑްގެ ސެލެބްރިޓީން ހަމުގެ ކުލަ އަލިކުރުމަށް ސާޖަރީ ހެދުމާއި އެފަދަ ބްރޭންޑްތައް ޕްރޮމޯޓްކޮށްފައި ވާތީ ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުން އެކަމުގައި އެ ތަރިން އަޑު އުފުލަނީ ދެއްކުންތެރި ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް