ads
އައްޑޫ ހޮސްޕިޓަލު އަންނަ މަހު ހުޅުވަނީ
އައްޑޫގައި ތަރައްގީ ކުރަމުން އަންނަ ޓާޝަރީ ހޮސްޕިޓަލް އަންނަ މަސް ތެރޭގައި ހުޅުވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވާފައިވާ ކަމަށް ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރާ ބައްދަލުކުރައްވާ ނިޒާރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އައްޑޫގެ ރައްޔިތުން މާޔޫސް ނުވުމަށާއި އަންނަ މަހުގެ ތެރޭގައި އެތަން ހުޅުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްްވާފައިވާކަމަށް ވިދާޅުވެފަ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރުގައި ތަރައްގީ ކުރާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މަސައްކަތް ނިންމާ، މިހާރު އެތަން ވަނީ ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ އެތަނުގައި އިކުއިޕްމަންޓްސް ހަރުކުރުމުގެ މަސައްކަތެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ސާކް ސަމިޓް ބާއްވަން ތަރައްގީ ކުރި އެ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެ ޓާޝަރީ ހޮސްޕިޓަލު ހުޅުވުމާއެކު އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް