ads
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް-- ފޮޓޯ: ބިޒްނަސް އިންސައިޑާ
ޓްރަމްޕް ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ބުނެފި
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ކޮވިޑް-19 އަށް ނެގަޓިވް ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ވައިޓް ހައުސްގެ ފަރާތުން ޓްރަމްޕްގެ ޑޮކްޓަރު، ސީން ކޯންލީ ވިދާޅުވީ ޓްރަމްޕް ކޮވިޑް-19 އަށް ނެގަޓިވް ވެފައިވާ ކަމަށާއި، ޓްރަމްޕްގެ ސަބަބުން އެއްވެސް މީހަކަށް ކޮވިޑް-19 ގެ އަސަރެއް ނުފޯރާނެ ކަމަށެވެ. ނަމަވެސް ޓްރަމްޕް ޓެސްޓް ކުރެވުނު ސީދާ ދުވަހެއް ހާމަކުރައްވާފައި ނުވެ އެވެ.

ކޯންލީ އިއްޔެ މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް ކެމްޕޭން ދަތުރެއްގައި ފްލޮރިޑާގެ ސެންފޯޑަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ހަފްތާ ބަންދުގައި ޓްރަމްޕް ވަނީ ވައިޓް ހައުސްގެ ބެލްކަނީ އިން އޭނާއަށް ސަޕޯޓްކުރާ ފަރާތްތަކާއި މުހާތަބު ކުރައްވައިފަ އެވެ.

ޓްރަމްޕްގެ ކެމްޕެއިންތަކުގައި ބައިވެރިވާ އޭނާގެ ސަޕޯޓަރުންނަށް މާސްކް އެޅުމާއި ގައިދުރުކުރުން ފަދަ ގައިޑްލައިންތަކަށް ތަބާވުމަށް ބާރުނާޅާތީ ގިނަ ބަޔަކު ވަނީ ޓްރަމްޕަށް ފާޑު ކިޔާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް