ads
ހެރެތެރަ އައިލެންޑް ރިސޯޓް--
ވޯލްޑް ޓްރެވަލް އެވޯޑުގެ އަށް ކެޓެގަރީއަކުން ރާއްޖެ ނޮމިނޭޓުވެއްޖެ
ހަތާވީސް ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި އަށް ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓުވެއްޖެ އެވެ.

އެގޮތުން ރާއްޖެ ނޮމިނޭޓުވެފައި ވަނީ އެންމެ މަގުބޫލު ބީޗް މަންޒިލް، އެންމެ މަގްބޫލު ކްރޫސް ޑެސްޓިނޭޝަން، އެންމެ މަގްބޫލު ޑެސްޓިނޭޝަން، އެންމެ މަގްބޫލު ޑައިވެ ޑެސްޓިނޭޝަން، އެންމެ މަގްބޫލް ހަނީމޫން ޑެސްޓިނޭޝަން، އެންމެ މަގްބޫލު ރަށް ހިމެނޭ ޑެސްޓިނޭޝަން، އެންމެ މަގްބޫލު ޓޫރިޒަމް ބޯޑު އަދި އެންމެ މަގްބޫލު ރޮމޭންޓިކް ޑެސްޓިނޭޝަން ކެޓަގަރީ އަށެވެ.

ކެޓަގަރީތަކަށް ވޯޓުކުރުމުގެ ފުރުސަތު މިހާރުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ މިފަދަ ޝަރަފުވެރި އެވޯޑުތަކަށް ނޮމިނޭޓުވުމަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. 

މީގެ ކުރިން ވެސް ރާއްޖެއިން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން ފާއިތުވެދިޔަ 16 އަހަރު ތެރޭގައި 12 ފަހަރެއްގެ މަތިން ރާއްޖެ ވަނީ އިންޑިއަން އޯޝަންގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު ހާސިލް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް