ads
ވެކްސިން-- ފޮޓޯ: އޭބީސީ އޮސްޓްރޭލިޔާ
ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ވަގުތީ ގޮތުން މެދުކަނޑާލައިފި
ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރު ކުރާ ވެކްސިނެއް ޓެސްޓް ކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެމެރިކާގެ މަޝްހޫރު ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރު ކުރާ ވެކްސިން ޓެސްޓް ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނީ ވެކްސިން ޓެސްޓް ކުރުމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެކަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވުމުގެ ސަބަބުންނެވެ.

ވެކްސިން ޓެސްޓް ކުރުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ވަނީ ވެކްސިން ޓެސްޓް ކުރުމުގެ ތިންވަނަ ފިޔަވަހި ފަށާފަ އެވެ. އެގޮތުން ސެޕްޓެމްބަރު ފަހުކޮޅުގައި އެމެރިކާގެ އިތުރުން ދެކުނު އެމެރިކާގެ ބައެއް ގައުމުތަކާއި ދެކުނު އެފްރިކާ ހިމެނޭ ގޮތަށް 60،000 މީހުން ބައިވެރި ކުރުމަށް އަމާޒު ހިފާފައި ވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުގެ އަސްޓްރާޒެންކާ ކުންފުންޏާއި، އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތައްޔާރު ކުރާ ވެކްސިން ޓެސްޓްކުރުން ވަގުތީ ގޮތުން ހުއްޓާލަން ޖެހުނީ ވެސް ވެކްސިން ޓެސްޓްކުރުމުގައި ބައިވެރިވި މީހަކު ބަލިވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް