ads
އައިޖީއެމްއެޗް-- ފޮޓޯ: ސީއެންއެމް
އުފަންވީއިރު ހަށިގަނޑުން ގުޅިފައިވާ އެއް މާބަނޑު ދެބެއިން ރާއްޖޭގައި މަރުވެއްޖެ
އުފަންވީއިރު ހަށިގަނޑުން ގުޅިފައިވާ އެއް މާބަނޑު ދެ ކުދިން ރާއްޖޭގައި މަރުވެއްޖެ އެވެ.

ށ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު އެ އަންހެން ކުދިން ވިހާފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.

ނަމަވެސް ސީއެންއެމަށް އެނގިފައިވާ ގޮތުގައި އިއްޔެ ވިހެއި އެ ދެ ކުދިން ވަނީ ހަމަ އިއްޔެގެ ވަގުތެއްގައި މަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އެ ދެ ކުދިން ގުޅިފައި ވަނީ ހިތާއި ފަލަމަސްގަނޑުންނެވެ. 

ރާއްޖޭގައި އެއް މާބަނޑު ކުދިން ގިނައިން ވިހި ނަމަވެސް ހަށިގަނޑުން ގުޅިފައިވާ ކުދިން ވަރަށް މަދެވެ. މިފަދަ ކުދިން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދިރި ތިބެނީ މަދު ފަހަރަކު ކަމަށް ވެއެވެ. 

11%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް