ads
ޗެންނާއީ ހައިދަރުއާބާދުގެ ކުރީ މެޗުގެ ތެރެއިން--
އައިޕީއެލް: ހައިދަރުއާބާދާ ދެކޮޅަށް ޗެންނާއީއަށް މުހިއްމު މެޗެއް
އިންޑިއަން ޕްރިމިއަ ލީގުގައި މޮޅުވުން މަޖުބޫރު މެޗަކަށް ޗެންނާއީ ސުޕަ ކިންގްސްއިން މިރޭ ސަން ރައިޒާސް ހައިދަރުއާބާދާ ދެކޮޅަށް ނުކުންނާނެ އެވެ. މި މެޗު ފެށޭނީ ރާއްޖޭ ގަޑިން ހަތްގަޑި ބައިގަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ޗެންނާއީ ސުޕަ ކިންގްސްއަށް މި އަހަރުގެ މުބާރާތް ކާމިޔާބުކޮށް އަދި ކުރިއަށްދާ ގޮތެއް ނުވެ އެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން، އެމްއެސް ދޯނީގެ ޗެންނާއީ ސުޕަ ކިންގްސްއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ.

މިރޭގެ މެޗުން މޮޅު ނުވެއްޖެ ނަމަ، މުބާރާތުގެ ޕްލޭ އޮފް މެޗުތަކަށް ކޮލިފައިވުމުގައި ސީރިއަސް ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. މުބާރާތުގައި ހައިދަރުއާބާދާ ދެކޮޅަށް ކުރިން ކުޅުނު މެޗުން ވެސް ޗެންނާއީ ވަނީ ބަލިވެފަ އެވެ. އަދި ދެހާސް ސާދަ ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވިދިވިދިގެން ތިން މެޗުން ޗެންނާއީ ބަލިވީވެސް މި އަހަރުގެ މުބާރާތުގަ އެވެ.

މިހާތަނަށް ޗެންނާއީއިން ހަތް މެޗު ކުޅެފައި ވާއިރު އަށް ޓީމު ހިމެނޭ މުބާރާތުގެ ޕޮއިންޓް ޓޭބަލުގައި ޗެންނާއީ އޮތީ ފުލުން ދެވަނައިގަ އެވެ. ހައިދަރުއާބާދު އޮތީ ހަތް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ޓޭބަލްގެ ފަސްވަނައިގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް