ads
ރޮނާލްޑޯ--
ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ދުނިޔޭގެ މައްޝޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނޯލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްކަން ކަށަވަރުކޮށްދީފަ އެވެ. 

އަދި ރޮނާލްޑޯގެ ކިބައިން ބަލީގެ އަލާމާތެއްވެސް ނުފެންނަކަމަށާއި، ހާލު ރަނގަޅުކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި ރޮނާލްޑޯ މިވަގުތު ހުރީ އައިސޮލޭޝަންގައި ކަމަށްވެސް މައުލޫމާތުދީފައިވެ އެވެ. 

ބާކީ ތިބި ޕޯޗުގަލްގެ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް އަންގާރަ ދުވަހު ޓެސްޓް ކޮށްފައެވެ. އެ ހުރިހާ ކުޅުންތެރިންގެ ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވްކަމަށް ޕޯޗުގަލްގެ އެފް.އޭ. އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ޕޯޗުގަލް މާދަމާ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ސްވީޑިން އާއި ދެކޮޅަށް ނުކުންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް