ads
މަސްވެރިކަމާއި މަތީ ތައުލީމާއި ގުޅޭގޮތުން ލަންކާގެ ފޮރިން މިނިސްޓަރާ މަޝްވަރާކޮށްފި
ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގް އެގައުމުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި އެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ބުނެފައިވަނީ ސަފީރު އުމަރު ރައްޒާގް ލަންކާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާފައިވަނީ މިއަދު ކަމަށެވެ. 

އަދި މި ބައްދަލުވުމުގެ ތެރެއިން މަސްވެރިކަމާއި، ސިއްހީ ދާއިރާތަކުގެ އިތުރުން މަތީ ތައުލީމްގެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން މައުލޫމާތުދެ އެވެ. 

މީގެ އިތުރުންވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް މައުލޫމާތުދީފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް