ads
ޖޭއެސްސީ --
ދެ މެޖިސްޓްރޭޓެއްގެ މައްސަލަ ތަހުގީގު ކުރުމަށް ނިންމައިފި
ދެ މެޖިސްޓްރޭޓެއްގެ މައްސަލަ ތަހުގީގު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީން ތަހުގީގު ކުރުމަށް ނިންމާފައިވަނީ ސ މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ތައްޔިބުގެ މައްސަލައާއި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމްގެ މައްސަލައެވެ. 

އެގޮތުން ސ މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ތައްޔިބުގެ ތަހުގީގު ކުރުމަށް ނިންމި މައްސަލައަކީ، ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުން އިސްމެޖިސްޓްރޭޓް ތައްޔިބު މައްސަލައިގައި ގޮތެއް ނިންމެވުމުގައި ގާނޫނާ ހިލާފަށް އަމަލުކުރައްވާފައިވާކަމަށް ބެލެވޭ މައްސަލަ ކަމަށެވެ. 

މީގެ އިތުރުން ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމްގެ ތަހުގީގު ކުރުމަށް ނިންމާފައިވަނީ މެޖިސްޓްރޭޓް އަކްރަމް ހުކުމް ކުރެއްވި މައްސަލައެއްގައި، ޝަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓް ދޫކުރިފަހުން އެ ރިޕޯޓަށް ބަދަލުގެނެސް ބައެއް ނުކުތާ އިތުރުކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ. އަދި މެޖިސްޓްރޭޓް އަކްރަމް، އެރަށު މެޖިސްޓްރޭޓް ކޯޓުގެ ދެ ގަޒިއްޔާއެއް ބެލުމުން ތަނާޒުލުވެފައިވަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ހިއްސާކުރުމަށްފަހު ކަމަށް ބެލެވޭ މައްސަލަވެސް ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީއިން މައުލޫމާތުދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް