ads
ސާރާ ގުރްޕާލް--
ބިގްބޮސްގެ ފުރަތަމަ އެވިކްޝަންގައި ގެއިން ނެރެލީ ސާރާ
ކަލާސް ޓީވީން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސްގެ ސީޒަން 14 ފެށިގެން ކުރިއަށް ދާއިރު އިއްޔެ ވަނީ ފުރަތަމަ އެވިކްޝަން ފެނިފަ އެވެ.

އެހެން ސީޒަންތަކާ ހިލާފަށް މި ފަހަރުގެ ޝޯގައި ވަނީ ކުރީ ސީޒަންތައް ކާމިޔާބު ކޮށްފައިވާ ހީނާ ހާން އާއި ގޯހަރް ހާން އަދި ސިދާތު ޝުކުލާ ސީނިއާސްގެ ގޮތުގައި ޝޯގައި ބައިވެރިކޮށްފަ އެވެ.

އެމީހުންނަށް ޝޯގައި ބޮޑެތި ބާރުތަކެއް ދީފައިވާއިރު ޝޯގެ ފުރަތަމަ އެވިކްޝަން އިން ގެއިން ބޭރުކުރާނެ ބައިވެރިން ނިންމުމުގެ އިހްތިޔާރު ވެސް ދީފައި ވަނީ އެމީހުންނަށެވެ. 

އެގޮތުން އިއްޔެ މި ސީޒަންގެ ފުރަތަމަ އެވިކްޝަން ބާއްވާފައި ވާއިރު ޓާސްކްތަކުގައި ބައިވެރިވުން ކުޑަ ކަމަށާއި ގޭމްތަކުގައި ރަނގަޅަށް ޕާފޯމް ކުރެވިފައި ނުވާ ކަމަށް ބުނެ ސާރާ ގުރްޕާލް ވަނީ ގެއިން ބޭރުކޮށްލާފަ އެވެ.

އެ ނިންމުމަށް ގޯހަރް އަދި ހީނާ ހާން ދެކޮޅު ހަދާ ސީނިއާސްގެ މެދުގައި ދެބަސްވުންތަކެއް ވެސް ވަނީ ހިނގާފަ އެވެ. ހީނާ އަދި ގޯހަރް ބުނެފައި ވަނީ ސާރާގެ ގާބިލްކަން އެބަހުރި ކަމަށާއި ޝޯގައި ކުރިއަށް ދިއުމުގެ ފުރުސަތު ދޭން ފެންނަ ކަމަށެވެ. ނަމަވެސް ޝިދާތު ވަނީ އެކަމާ އިންކާރުކޮށް ސާރާ ގެއިން ބޭރު ކުރަން ފެންނަ ކަމަށް ބުނެފަ އެވެ.

ދެބަސްވުންތަކަށް ފަހު ހީނާ އަދި ގޯހަރް ވަނީ ސާރާ ބޭރުކުރަން އެއްބަސްވާނީ އެކަމުގެ ސަބަބުން ނުބައި ނަތީޖާއެއް ކުރިއަށް އޮތް ތަނުގައި ނިކުމެއްޖެ ނަމަ ދެން ހުރިހާ ނިންމުންތަކެއްގައި ހީނާ އަދި ގޯހަރް ބުނާ ގޮތަށް އެއްބަސްވާން ޝަރުތުކޮށްފަ އެވެ.

ސާރާ ގެއިން ބޭރުކޮށްލުމާއިއެކު ގިނަ ބަޔަކު ދަނީ ސީނިއާ ސްގެ އެ ނިންމުމަށް ފާޑުކިޔަމުންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ސާރާއަށް ޝޯގައި ކުރިއަށް ދިއުމުގެ ފުރުސަތު ދޭންވާނެ އެވެ. އަދި އެންމެ ފުރަތަމަ އެވިކްޝަންއިން މީހުން ބޭރު ކުރުމުގެ ހައްގު ސީނިއާސްއަށް ދީފައި އޮތުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސާރާއަކީ މިފަހަރުގެ ސީޒަންއިން އެންމެ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ އަދި ޝޯ ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ބައިވެރިޔާ އެވެ.

ކަލާސްއިން ގެނެސްދޭ ބިގް ބޮސްއަކީ އޭގެ ސީޒަންތަކަށް ކެތްތެރިކަމެއް ނެތި އާއްމުން އިންތިޒާރު ކުރާ ޝޯއެކެވެ.
މި ޝޯގައި ބައިވެރިވާ ސެލެބްރިޓީންނަށް ބޮޑެތި އަދަދުތަކުން މުސާރަ ދޭއިރު ޝޯ ނިމޭއިރު އޮންނަނީ މީގެ ތެރެއިން ގިނަ ތަރިންގެ ނޭނގޭ ފަތިފުށް ހާމަވެ އެއް ބަޔަކަށް އާއްމުންގެ ލޯބި އަދި އަނެއް ބަޔަކަށް އާއްމުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފަ އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް