ads
ފޮޓޯ: ވީނިއުސް
އަޅުގަނޑު ޖޭއެސްސީގައި އިނުމަކީ ރައީސް ޔާމީން ބޭނުންވާނެ ގޮތް: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އެމަނިކުފާނު އިނުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންމެ ބޮޑަށް ބޭނުންފުޅުވާނޭ އެއްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.  

your imageމެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެގޮތުން ސައީދު ވިދާޅުވީ ރާއްޖޭގައި ކާމިޔާބުކަމާއި އެކު ވެރިކަން ކުރެއްވި ފަރާތެއް އިންނަންވީ ތަނަކީ ޖަލު ނޫން ކަމަށެވެ. އަދި ޖޭއެސްސީގައި ރައީސް ނަޝީދު އިންނަވައިގެން ރައީސް ޔަމީނަށް އިންސާފު ނުލިބޭނެ ކަމަށް ރާއްޖޭގެ ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށް ސައީދު ވިދާޅުވި އެވެ. 

"އަޅުގަނޑު މި ގޮވާލަނީ އިންސާފު ގާއިމުކޮށްދިނުމަށްޓަކައި ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް. މަނިކުފާނު [ރައީސް ނަޝީދު] ޖޭއެސްސީން އިސްތިއުފާ ދެއްވުމަށް." ސައީދު ވިދާޅުވި އެވެ. 

ސައީދުގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން މިވަގުތު އެންމެ އެދޭނެ އެއްކަމަކީ އެމަނިކުފާނު ޖޭއެސްސީގައި އިންނެވުން ކަމަށެވެ. 

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއް ކަމަކީ އަޅުގަނޑު ޖޭއެސްސީގައި އިނުން. އަޅުގަނޑު ވަރަށް ތެދަށް މި ދަންނަވަނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން، އިންސާފުވެރިކަމާއެކީގައި ޝަރީއަތްތައް ހިންގޭ ގޮތް މެދުވެރި ނުވެއްޖެނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާވާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންސާފު ގާއިމު ކުރުމަށްވެސް އެމަނިކުފާނު ޖޭއެސްސީގައި އިންނަން ޖެހޭ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގައި އިންނަވައިގެން ކުރައްވާ ހުރިހާ މަސައްކަތެއްވެސް ކުރައްވާނީ އިންސާފުވެރިކަމާއި، މަދަދުވެރިކަމާއެކުކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް